ދިވެހިންނެކޭ އެއްގޮތަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނީ ދިވެހި ސަރުކާރުގެ ޚަރަދުގައި ކަަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބޭއްވި "ޖަޒީރާ ސައްލާ" ޕްރޮގްރާމްގެ ޓްވިޓާރ އެކައުންޓަށް ޓެގްކޮށް ޓްވިޓާރގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޑރ. ނަަޒްލާ ވިދާޅުވީ، ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައި ވަނީ ސަރުކާރުގެ ޚަރަދުގައި ކަަމަށެވެ.
"ކޯވިޑް-19 ތެރޭގައި ރާއްޖޭގައި މިތިބި ބިދޭސީންނަށްވެސް ފަރުވާގެ ކަންކަން ކުރިއަށްގެންދިޔައީ ސަރުކާރުގެ ފަރާތުން ދައުލަތުގެ ޚަރަދުގައި، އޭގެ ބޭސިސްއަކީ ރާއްޖޭގައި އުޅޭ އެންމެން ރަައްކާތެރިވެގެންނޭ ދިވެހިންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދެވޭނީ". ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްއީއޯސީގެ ތަރުޖަމާން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ހިލޭ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ދިވެހި ގައުމާ މުހާތަބުކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މިބަލިން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ޤައުމުތަކުން ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވާކަމަށާއި އެކަން ހާސިލު ކުރުމަށްޓަކައި މިއަދާ ހަމައަށް އައިއިރު ކުރެވުނު މަސައްކަތުން މާތް ﷲ ގެ ވާގިފުޅާއެކު، މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު