ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ (ފޮޓޯ- ކޯޕަރޭޓް މޯލްޑިވްސް)
ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ (ފޮޓޯ- ކޯޕަރޭޓް މޯލްޑިވްސް)
ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބަލައި ގިންތިކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2020 ގައި ދިވެހިރާއްޖެ 55 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޓްވީޓެއް ހިއްސާކުރައްވަމުންނެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބަލައި ގައުމުތައް ގިންތިކޮށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން އަހަރަކު އެއްފަހަރު ނެރޭ ލިސްޓެކެވެ. މިގޮތުން 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، 2020 ވަނަ އަހަރުގެ މިލިސްޓުގައި ދިވެހިރާއްޖެ މިވަނީ 55 ދަރަޖަ ކުރިއަށް ޖެހިލައިފައެވެ.

2019 ވަނަ އަހަރުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިފައިވަނީ 130 ވަނައިގައެވެ. އަދި މި ރޭންކު ކުރިއަށް ޖެހިލައި 2020 ވަނަ އަހަރު ދިވެހިރާއްޖެ ހިމެނިފައިވަނީ މިލިސްޓުގެ 75 ވަނައިގައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ގައުމުތަކުގެ ކޮރަޕްޝަން ގިންތި ކުރާ ލިސްޓުން ތިންވަނައަށް ސިންގަޕޫރު ހޮވި، އޭޝިޔާގެ ގައުމެއް މިލިސްޓުގެ ފުރަތަމަ ދިއަހެއްގައި ޖެހިޖެހިގެން ދެއަހަރު އޮތް ގައުމަކަށް ސިންގަޕޫރު ވަނީ ހިމެނިފައެވެ.



2020 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސް ލިސްޓުގެ އެއްވަނައިގައި ހިމެނިފައިވަނީ ޑެންމާކް އަދި ނިއުޒިލޭންޑް އެވެ. އަދި ސިންގަޕޫރާއި އެއްވަރަކަށް ޕޮއިންޓްލިބި މިލިސްޓުގެ ތިންވަނައިގައި، ފިންލޭންޑް، ސްވިޒަރލޭންޑް، ސްވީޑެން ހިމެނިފައިވެއެވެ.

މިލިސްޓު ނެރެދެއްވައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޗެއަރ، ދެލިޔާ ފެރޭރާ ރޫބިޔޯ ވިދާޅުވެފައިވަނީ ނިމިދިޔަ އަހަރު ތަހައްމަލު ކުރަމުންދިޔަ ކޮވިޑް-19 ބަލިމަޑުކަން ވެގެން ދިޔައީ ސިއްހީ އަދި އިގްތިސާދީގޮތުން ކުރިމަތިވި ކާރިސާއެއް ކަމަށާއި، އަދި މިކާރިސާ ވެގެން ދިޔައީ އެކިކަހަލަ ކޮރަޕްޝަނަށް މަގުކޮށައިދިން ކާރިސާއެއްކަމަށެވެ. އަދި މިބަލިމަޑުކަމާއި ގުޅުންހުރި ކޮރަޕްޝަނަށް ހައްލު ހޯދައިދިނުމަށް ގައުމުތަކުން ފެއިލްވެފައިވާކަމަށްވެސް ދެލިޔާ ފެރޭރާ ރޫބިޔޯ ވަނީ ހާމަކޮށްފައެވެ.

2019 ވަނަ އަހަރު ޖަރުމަނުގެ ޖަމިއްޔާއަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މުޅި ދުނިޔެއިން ސިއްހަތާއި ގުޅުންހުރި ކަންކަމުގައި އަހަރެއްގެ މައްޗަށް 500 ބިލިއަން ޑޮލަރު ކޮރަޕްޝަނަށް ގެއްލިގެންދެއެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ނެރިފައިވާ

2020 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސް ލިސްޓުގައި ދިވެހިރާއްޖެ 75 ވަނައިގައި ހިމެނިފައިވާއިރު، އަވަށްޓެރި އިންޑިޔާ ހިމެނުނީ މިލިސްޓުގެ 86 ވަނައިގައެވެ. އަދި އެންމެ ގާތުން މަސައްކަތް ކުރެވެމުންދާ ޗައިނާ ހިމެނިފައިވަނީ މިލިސްޓުގެ 78 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު


17

ޛުރިމީ

30-Jan-2021

ޥެންޓިލޭޓަރ ވަގުން , ދިވެހި ރައްޔިތުނަށް އެކި ގައުމު ތަކުން ދިން 300 މިލިއަން ޑޮލަރު ކާލިވަުން, ކޮވިޑް ގެ ނަމުގައި 2.8ބިލއަން ގަހާ ހުސްކުރީ ގާތްމޯހުނާއި ޕާޓީ ޕެ ބްރޯ އިން އެކްޓިވިސްޓުން ގެ ތެރެއިން ބޭނުންވާ ބަޔކައް ބަހާލީ ވަގުންތައް



ޓްރެންޑިން