ހުޅުމާލޭ މިސްކިތެއްގައި އުމުރުން ދުވަސްވީ ހަމަލާދިން މީހާ
ހުޅުމާލޭ މިސްކިތެއްގައި އުމުރުން ދުވަސްވީ ހަމަލާދިން މީހާ
ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދުކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައިވަނިކޮށް އޭނާ ރާއްޖެއިން ފުރުވާލައިފިއެވެ.

ހުޅުމާލޭ ޗައިނާ ޓައުންގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދުގައި ހުންނަ އެ މިސްކިތަށް ވަދެ ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގި ބިދޭސީ މީހާ ފުރުވާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން، ފުލުހުން ބުނި ގޮތުގައި އެމީހާ ޑީޕޯޓްކޮށްލުމަށް ނިންމާފައިވަނީ މައްސަލައިގެ ތަހުޤީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުންކަމުގައެވެ.

"ހުޅުމާލެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމަށް ތުހުމަތުކުރެވިގެން ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުޤީގު ނިންމައި މިދިޔަ ހަފްތާގެ ތެރޭައި ވަނީ ޕީޖީ އޮފީހަށް ފޮނުވާފައި. އަދި އެމީހާ ޑީޕޯޓް ކޮށްލުމަށް ޕީޖީ އިން ނިންމުމާއި ގުޅިގެން އެމީހާ ވަނީ އިމިޤްރޭޝަނާއި ހަވާލުކުރެވިފައި." ފުލުހުން ބުނެފައި ވެއެވެ.

މިހިނގާ ޖެނުއަރީ 15 ވަނަ ދުވަހު ހުޅުމާލޭ މިސްކިތަަކަށް ވަދެ އުމުރުން ދުވަސްވީ ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާ ރަށަށް ފޮނުވާލައިވާއިރު، އެ މައްސަލަ ނުބަލައި އޭނާ ޑީޕޯޓުނުކުރާނެ ކަމަށް ކުރިންވެސް އާންމުން ދިޔައީ ގޮވާލަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާ މީހަކު ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީގޯނާ ކުރަން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެކަން މީޑިއާއަށް ތިލަވުމުން އޭނާ ވެސް ވަނީ ގައުމަށް ފޮނުވާލާފައެވެ. އެކަމަކު އޭނާ ފުރުވާލީ އޭނާ މަސައްކަތް ކުރާ ރިސޯޓުގެ ފަރާތުންބެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، ފުލުހުން ބުނި ގޮތުގައި، މައްސަލަ ބަލައި ރިސޯޓުގެ މެނޭޖްމަންޓަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން