މި ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުގެ ސަބަބުން ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅު ވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ އިން 55 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުގެ ނަތީޖާ ރަނގަޅު ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ނިމުމަކަށް ނާންނަ ކަމަށާއި އެ މަސައްކަތް ނިމުމަކަށް އަންނަން ގާތް ވެސް ނުވާ ކަމަށެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދިރާސާކޮށް ރިޕޯޓެއް އާންމުކުރެއެވެ. މި ގޮތުން މިދިޔަ އަހަރު 183 ގައުމެއްގައި ކޮރަޕްޝަން އޮތް މިންވަރު ދިރާސާކޮށް ދަރަޖަ ކުރުމަށް ފަހު ޓްރާންސްޕޭރެންސީން ވަނީ ރިޕޯޓް އާންމުކޮށްފައިވެއެވެ.
މި އިންޑެކްސް ބޭނުން ކުރަނީ ސުމަކުން ފެށިގެން ސަތޭކައިގެ އަދަދުގެ މިންގަނޑަކުންނެވެ. މި ގޮތުން ސުމަކާ ގާތް އަދަދުތަކީ ކޮރަޕްޝަން ގިނަ ވުމުން ލިބޭ އަދަދެކެވެ. ސަތޭކައާ ގާތްކޮށް ޕޮއިންޓް ލިބިފައިވަނީ ކޮރަޕްޝަން މަދު ކުރެވިފައިވާ މިންވަރަށެވެ.
މި ރިޕޯޓް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި އެއީ ގައުމުތަކުގެ ތަރުތީބުތަކަށް ބަލާއިރު 75 ވަނައެވެ. މިއީ މިދިޔަ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ގައުމުތައް ތަރުތީބު ކުރެވިފައިވާ ދަރަޖައިން 55 ދަރަޖައިގެ ކުރިއެރުމެކެވެ. އަދި 14 ޕޮއިންޓްގެ ކުރިއެރުމެކެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ތަކުރާރުކޮށް އެކި މުނާސަބަތު ތަކުގައި ވިދާޅުވެފައި ވަނީ މިސަރުކާރުން ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށާއި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.
މިކަން ހާސިލު ކުރުމަށް ސަރުކާރުން ވަނީ ސިޔާސަތެއް އެކުލަވާލައި އަމަލު ކުރަން ފަށާފައެވެ. އެގޮތުން ކޮރަޕްޝަން ރިޕޯޓް ކުރުމަށް ޚާއްޞަ ޕޯޓަލެއް ގާއިމުކޮށް ވިސްލް ބްލޮވާ ހިމާޔަތް ކުރުމަށް ގާނޫނެއް އެކުލަވާލާފައި ވެއެވެ.

While our work to root out corruption is nowhere near complete, it is nevertheless encouraging to see that our anti-corruption efforts have yielded good results. In this year’s @anticorruption Corruption Perception Index 2020 we scored 43 - climbing 14 points in rank. https://t.co/h0iAdjbf0D
— Ibrahim Mohamed Solih (@ibusolih) January 28, 2021
މި އިންޑެކްސް ބޭނުން ކުރަނީ ސުމަކުން ފެށިގެން ސަތޭކައިގެ އަދަދުގެ މިންގަނޑަކުންނެވެ. މި ގޮތުން ސުމަކާ ގާތް އަދަދުތަކީ ކޮރަޕްޝަން ގިނަ ވުމުން ލިބޭ އަދަދެކެވެ. ސަތޭކައާ ގާތްކޮށް ޕޮއިންޓް ލިބިފައިވަނީ ކޮރަޕްޝަން މަދު ކުރެވިފައިވާ މިންވަރަށެވެ.
މި ރިޕޯޓް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި އެއީ ގައުމުތަކުގެ ތަރުތީބުތަކަށް ބަލާއިރު 75 ވަނައެވެ. މިއީ މިދިޔަ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ގައުމުތައް ތަރުތީބު ކުރެވިފައިވާ ދަރަޖައިން 55 ދަރަޖައިގެ ކުރިއެރުމެކެވެ. އަދި 14 ޕޮއިންޓްގެ ކުރިއެރުމެކެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ތަކުރާރުކޮށް އެކި މުނާސަބަތު ތަކުގައި ވިދާޅުވެފައި ވަނީ މިސަރުކާރުން ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށާއި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.
މިކަން ހާސިލު ކުރުމަށް ސަރުކާރުން ވަނީ ސިޔާސަތެއް އެކުލަވާލައި އަމަލު ކުރަން ފަށާފައެވެ. އެގޮތުން ކޮރަޕްޝަން ރިޕޯޓް ކުރުމަށް ޚާއްޞަ ޕޯޓަލެއް ގާއިމުކޮށް ވިސްލް ބްލޮވާ ހިމާޔަތް ކުރުމަށް ގާނޫނެއް އެކުލަވާލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު