ބޭރުގެ ކުންފުނިިތަކަށް އޮޅުވާލައިގެން ފައިސާ ނުދައްކައި ތަރުކާރިއާއި މޭވާ ރާއްޖެ އެތެރެކުރާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަން ތަހުގީގުކުރަން ފަށައިފި އެވެ.
މި ކަމާ ގުޅިގެން، ފުލުހުން ބުނީ މިދިޔަ އަހަރު ހުށައެޅި 10 މައްސަލައެއްގެ އިތުރުން މި މަހު ވެސް މީގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މަދު ބައެއްގެ މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިންނަށް ބޭރު ކުންފުނިތަކުގެ އިތުބާރު ގެއްލިދާނެ ކަަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ، މަކަރާއި ހީލަތުގެ މި އަމަލު ހިންގާ ބަޔަކު ހޯދަން ފުލުހުންގެ އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މަސައްކަތް ފަށާފައި ވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގަށް މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޮޅުވާލައިގެން ވިޔަފާރިކުރާ ތަންތަނުން ގިނަ އަދަދެއްގެ ހެކި ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފުލުހުން ބުނީ މިގޮތަށް ވިޔަފާރިކުރާ މީހުން ތަރުކާރީ އާއި މޭވާ ވިއްކަނީ އާންމުކޮށް ބާޒާރުގައި އެ ވިއްކާ އަގަށް ވުރެ މާބޮޑަށް ހެޔޮކޮށް ކަމަށް ވާތީ ދިވެހި ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
އާދަޔާހިލާފަށް ނުއަގުގައި ތަރުކާރީ އާއި މޭވާ ވިއްކާކަން ފާހަގަ ކުރެވިއްޖެނަމަ އެ ތަނެއްގެ ނުވަތަ އެ މީހެއްގެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު