ސިފައިންގެ ބޭކަލުންތަކެއް
ސިފައިންގެ ބޭކަލުންތަކެއް
ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށައެޅުން 31 ޖަނަވަރީ 2021 އަށް މުއްދަތު ހަމަވާއިރު، މިހާތަނަށް 700އަށްވުރެ ގިނަ ފަރާތުން ވަޒީފާއަށް އެދި ފޯމް ހުށައަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިފައިންގެ ވަޒީފާއަށް އެދި 2020 ޑިސެންބަރ 31 ގެ ނިޔަލަށް ހުށައެޅި ފަރާތްތަކުގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ހެދުން ސިފައިންގެ ނޮދަން އޭރިއާ، ސަދަން އޭރިއާ އަދި ސެންޓްރަލް އޭރިއާގައި ދަނީ ކުރިއަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ޖަނަވަރީ މަހުގައި ވަޒީފާ އަށް އެދި ފޯމް ހުށައަޅާ ފަރާތްތަކުގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ބާއްވާނެ ތާރީޚެއް ތާވަލްކޮށް، ފޯމް ހުށައެޅި ފަރާތްތަކާ ގުޅުމުގެ މަސައްކަތަަށްވެސް ދަނީ ތައްޔާރު ވަމުންނެވެ.

ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ޖުމްލަ އަދަދަކީ 759 އެވެ. މީގެ ތެރޭގައި 112 އަންހެނުންނާއި 647 ފިރިހެނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން