ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއަށް ލިބިފައިވާ ވެކްސިން ވީހާވެސް އަވަހަކަށް ޖައްސަވަން ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވެކްސިން ޖައްސަވަން ބޭނުންފުޅުވާކަމަށާއި، ބަލިން ރައްކާތެރިވުމަށް ބޭނުންފުޅު ވާކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެންމެ ބޮޑު އެދުމަކީ އެންމެން މިބަލިމަޑުކަމުން ރައްކާތެރިވެ ސަލާމަތްވުން ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ވަރަށް ބޭނުން މިހާރު ލިބިފައިހުރި ކޮވިޑް އެސްޓްރަރޒެނެކާ ވެކްސިން ޖަހަން. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑުވެސް ރައްކަާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް-19 ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. މިގޮތުން އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެކްސްޓްރާޒެނެކާގެ ރިސަރޗްގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެކެވެ. މިވެކްސިނުގެ އެއްލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން