ޑީޕޯޓް ކޮށްލުން އެއީ ބޭރު މަސައްކަތު މީހަކަށް ކުޑަ އަދަބެއްތޯއޭ ވިދާޅުވެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމާއި ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

ޑީޑީ މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ މިސްކިތެއްގައި ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާ ފުރުވާލީ މަސްލަހަތަށްޓަކައި ކަމަށް ޕީޖީ އޮފީހުން ބުނުމުން، ‏ކުށެއް ކުރުމުގައި މީހަކަށް ޙަމަލާ ދީފައިވާނަމަ، ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނާ ޚިލާފަށް މަޞްލަޙަތު ބޮޑުގޮތް ކަނޑައެޅުމުގެ ބާރު ‎ޕީޖީ އަށް ލިބިގެނެއް ނުވާކަމަށް ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދުކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައިވަނިކޮށް އޭނާ ރާއްޖެއިން ފުރުވާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

"ތި ރިފަރ ކުރެއްވީ ދިވެހި ރައްޔިތުންގެ ވާހަކަ ނޫންތޯ؟ ދިވެހިން ޑީޕޯޓް ނުކުރެވޭނެ އެއް ނޫންތޯ؟ޑީޕޯޓް ކޮށްލުން އެއީ ބޭރު މަސައްކަތު މީހަކަށް ކުޑަ އަދަބެއް ތޯ؟ އިމިގްރޭޝަންގެ ގާނޫނުންވެސް ބޭރު މީހުން ކުށް ކުރީމަ ޑީޕޯޓް ކުރުމުގެ ބާރު އިމިގްރޭޝަނަށް ވެސް އޮވޭ ނޫންތޯ؟" ހައިލަމްގެ ވާހަކައަށް ރައްދު ދެއްވަމުން ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ހައިލަމް ވަނީ ޖިނާއީ މައްސަލަތަކުގައި ދިވެހިންނާއި ބިދޭސީން ފަރަގު ކުރަންޖެހޭ އަސާސަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި ދައުވާ ކުރުމުގައި ޕީޖީގެ މަގާމުގައި ތިއްބަވާ ބޭފުޅުން މަގާމުގެ ނުފޫޒް ބޭނުންކުރަން ފެށުމުން، ދައުވާ ކުރުމަށް ނުވަތަ ނުކުރުމަށް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭނެ ކަންކަން ގާނޫނުގައި ސަރީހަ ބަހުން ލިޔެފައިވާ ކަމަށް ހައިލަމް ވިދާޅުވެފައި ވެއެވެ.



މިކަމަށް ރައްދު ދެއްވަމުން ޑީޑީ ވަނީ ދައުވާ ކުރުމާއި ނުކުރުމަކީ ޕީޖީގެ މުތުލަގު އިޚްތިޔާރެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމަށް ރައްދު ދެއްވަމުން ހައިލަމް ވިދާޅުވެފައިވަނީ އެއްވެސް މަގާމެއް ގައި ހުންނަ ފަރާތަކީ އެއްވެސް ކަމެއް ކުރުމުގެ މުތުލަގު ބާރު އޮންނަ ފަރާތެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ކޮވިޑުބޭ

02-Feb-2021

ނޮވެމަބަރ 3 ގަ އިންޖީނުގޭ ކައިރީ ހުރި ގެއެއްގެ ސިޓިންގރޫމް ގޮޑި ބިއްދޮށުގަ ފިލާ ތިބި ފޭކް މީހުން ގާނޫނީ އިލުމުވެރިންނަށް ހަމަލާ ދޭން ކޮން ފެންވަރެއްބާ ހުރީ???? ރ ީދޫ ވެއްޖެއްޔާ ލަދެއް ނުގަންނާނެ މަމޮޅޮވާނެ!!!


0

އަހަންމަދު

02-Feb-2021

ކުޑަ އަދަބެއްހޭ? އެއީ އަދަބެއްވެސް ނޫން. ކަލޭ ގަމާރު އަރާފަ ހުއްޓަކަސް އަހަރުން ގަމާރެއް ނޫނޭ. ވިކުނަސް ދެން ބޮޑުވަރު.


-5

ކކކކ

02-Feb-2021

ކަލެއަށް އެނގޭނީ ރިހަގަނޑާ! ފިޔާ ސަޓަނިގަނޑާ! ހައިލަމް ހިނގި މަގުން ކަލެއަށް ހިނގޭނެ?


-3

ހުޗޭ

30-Jan-2021

މީ އައްޑޫ މީހުންގެ ކުރިމަތިލުމެއްތޯ?


1

ޏަބީލް

30-Jan-2021

ޢިންޑިޔާ މީހުންއަތުން ލާރިކޮޅެއް ލިބުނީމަ މިކަލޭގެއަށް މިހިރީ ރަންބިން ފެނިފަ. އުފަންފަސްގަނޑުގަ ފައްޅި އެޅިއިރުވެސް ޗުއްޕުވެސް ބުނަން ނުކެރިފަ.ދުނިޔެ ބޭނުމަސް ފުކެއް ބޮޑުވަރު


10

ޠައުސިން

29-Jan-2021

ޑީޑީއަށް އެނގޭތަ އެއީ ގާނޫނުގައި ނެތް ބާރެއް ޕީޖީ ބޭނުންކުރީކަން. ޞަލަ މި ރާއްޖޭގައި އިންޑިއާ މީހަކަށް ދައުވާ ނުކުރެވެނީ މިއީ އަމަލީ ގޮތުން އިންޑިއާގެ ސްޓޭޓަކަށް ވާތީ. ޢިބޫއަކީ ޕަޕެޓެއް. ގަވަރުނަރަކީ ސަންޖޭ ސުދީރު.


2

މަސްވެރިޔެއް

29-Jan-2021

އާނ. އެއީ ކުޑަ އަދަބެއް. ދިވެހި މީހާ ޖެހީމައި ނަސޭހަތުގެ އެއްބަސްވުން ހެދެން އޮއްވާވެސް ދައުވާކުރޭ. އިންޑިޔާމީހަކު ދިވެހިރާއްޖޭގައި މާތްވެގެންވާ ގެކޮޅަށް (މިސްކިތަށް) ވަދެ ދިވެއްސަކުގައިގައި ޖެހީމާ ދައުވާ ނުކުރާތާނގަ އަނބުރާ ގައުމަށް ފޮނުވާލުން ބަލެއެއް ނުގަނެވޭނެ. ދިވެހި މުޅިމުޖުތަމައުގެ މަސްލަހަތުގައިވެސް އެންމެ މަސްލަހަތު ބޮޑީ ދައުވާކުރުން



ޓްރެންޑިން