ބިދޭސީން ރާއްޖޭގެ މިސްކިތްތަކުގެ ޙުރުމަތްކަނޑަމުންދާ މައްސަލައިގައި ކަމާބެހޭ އިދާރާތަކުން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ މިސްކިތްތަކުގެ ހުރުމަތް ގެއްލޭފަދަ ހަޑިހުތުރު ޢަމަލުތަށް މިފަހަކަށް އަައިސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން ތަކުރާރުވަމުން ދާތީ އެކަމަށް ޢިޝާރާތް ކުރަށްވަމުންނެވެ.



އެގޮތުން ހުޅުމާޅޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި މިމަހުގެ 15 ވަނަ ދުވަހު އަސްރު ނަމާދު ވަގުތު ނަމާދުކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް އިތުރު ފަސްދުވަސް ޖަހާފައިވަނިކޮށް އޭނާ ޑީޕޯޓް ކޮށްލުމާއި އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ބިދޭސީއަކު އެރި މައްސަލައިގައި އޭނާއަކީ ނަފުސާނީ މީހެއްކަމަށް ނިންމި މައްސަލަ ފާހަގަ ކޮށްލެވެއެވެ.

"‏މި ފަހަކަށް އައިސް ބިދޭސީން ރާއްޖޭގެ މިސްކިތްތަކުގެ ޙުރުމަތްކަނޑަމުންދާތަން އެބަފެނޭ. އެކަން އެގޮތައް ވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ. މިސްކިތްތަކުގެ ޙުރުމަތާއި ޤަދަރާއި މަތިވެރިކަން ދެމެހެއްޓުމަކީ ދައުލަތާއި މުޖުތަމަޢުގެ ޒިންމާއެެއް." ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

މިސްކިތްތަކީ މި ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި އަބަދުވެސް މިސްކިތްތަކަށް މަތިވެރި ޤަދަރެއް ދެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން