މާލޭ މަގުމަތީގައި މާސްކް އަޅައިގެން ޢާއްމުން ޙަރަކާތްތެރިވަނީ
މާލޭ މަގުމަތީގައި މާސްކް އަޅައިގެން ޢާއްމުން ޙަރަކާތްތެރިވަނީ
މާލޭ މަގުމަތީގައި މާސްކް ނާޅައި އުޅޭނަމަ އިތުރު އިންޒާރެއް ދިނުމެއްނެތި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޯވިޑްގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން އިތުރުވާން ފެށުމުން މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ، މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ބޭރުގައި އުޅުން އެޗްޕީއޭއިން މަނާކޮށްފައިވުމާއެކު، އެކަން ތަންފީޒުކުރުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މާސްކް އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، މާސްކް ނާޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



މާލެ ސަރަހައްދުގައި ދަންވަރުގެ ގަޑި ތަކުގައި ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައި ވީނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އިމަޖެންސީ ހާލަތުގައި ސިއްހީ ފަރުވާ ހޯދަން ނުކުމެ އުޅުން ވަނީ ހުއްދަކޮށްފައެވެ. އަދި ސިފައިންނާއި ފުލުހުންނާއި ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް މި އެންގުމުން އިސްތިސްނާ ވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަސް ކޮޅަކަށް ރަނގަޅުވެ ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވެގެން ދިއުމަށްފަހު އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ ސަތޭކައިން މައްޗަށް އަރާފައެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މާބޮޑަށް ލުއި ދިނުމާއެކު އާންމު ރައްޔިތުން ކޮވިޑުން ރައްކާތެރި ވުމުގައި އަމަލުކުރަން އަންގާފައިވާ ޚާއްޞާ އުސޫލުތަކަށް އަމަލު ކުރުމުގައި ފަރުވާ ކުޑަކުރަން ފެށުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން