ކޯވިޑް-19އިން ދިފާއުވުމަށް ވެކްސިންޖެހުމުގެ ކުރިން ބަލި ޖެހިފައި ހުރިތޯ ނުވަތަ މާބަނޑުތޯ ބަލަން ނުޖެހޭނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފަައިސަލް ވިދާޅުވެއްޖެއެވެ.
މުޖުތަމަޢަށް ބޭނުންތެރި މުހިންމު ސިއްހީ މައުލޫމާތުތައް ގަވާއިދުން މީސްމީޑިޔާގައި ހިއްސާ ކުރައްވަމުން ގެންދަވާ ޑރ. ފައިސަލް ޓުވިޓާގައި ވިދާޅުވީ، "ކޯވިޑް-19 ވެކްސިންޖެހުމުގެ ކުރިން ކޯވިޑު-19 ޖެހިފައިހުރިތޯ ނުވަތަ މާބަނޑުތޯ ބަލަން ޓެސްޓް ކުރަން ނުޖެހޭނެ" ކަމަށެވެ.
ޑޮކްޓަރ އިތުރަށް ވިދާޅުވީ، މާބަނޑު މީހުންނަށް ވެކްސިން ނުދޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ފަހު މާބަނޑުކަން އެނގުނަސް ބަނޑުގައި އޮންނަ ދަރިފުޅު ވައްޓާލަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ގާތުން ކިރުދޭ މީހުން ވެކްސިން ޖެހުމަށްފަހު ގާތުން ކިރުދިނުން ހުއްޓާލާން ނުޖެހޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލަކީ މީގެކުރިން ވެސް ކޮވިޑާ ގުޅޭ މުފަދަ ތަފާތު ބޭނުންތެރި މައުލޫމާތު ހިއްސާ ކުރަށްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު