ޒިދާން މުޙައްމަދު   29 ޖެނުއަރީ 2021 - 15:48
ފިނޭންސް މިނިސްޓަރު އަމީރު
ފިނޭންސް މިނިސްޓަރު އަމީރު
ކޯވިޑް19އާ ގުޅިގެން އުފެދުނު އިގުތިސޯދީ ހިރާސްކަމުގެ ސަބަބުން މާލީގޮތުން ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވެންސް، ޖަނަވަރީ މަހުގެ 21އާ ހަމައަށް 17،535 މީހަކަށް ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ސަރުކާރުން 17,535 މީހަކަށް 225.5 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދެމުން އަންނަ، އިންކަމް ސަޕޯޓް އެލަވެންސް ދެނީ ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ނޯޕޭ ލީވްގައި ތިބި ފަރާތްތަކަށާއި، 5000 ރުފިޔާއަށް ވުރެ ދަށަށް މުސާރަ ކުޑަކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ބުރޫއަރާ، ލިބޭ އާމްދަނީ 5،000 ރުފިޔާއަށް ވުރެ ދަށްވެފައިވާ ފަރާތްތަކަށެވެ.

ދިވެހިރާއްޖޭގައި އިންކަމް ސަޕޯޓް އެލަވެންސް ދިނުން ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުންވަނީ އިތުރު 21.6 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ޖެނަވަރީ މަހުގެ 25 ވަނަ ދުވަހު ނިންމާފަ އެވެ.

މީގެ އިތުުރުން، އިންކަމް ސަޕޯޓް އެލަވެންސް ސްކީމަށް 2020ވަނަ އަހަރުގެ ޖޫންގައި ވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން