ޕީޕީއެމުން ރާވާ ނުބައި ލާއިންސާނީ ރޭވުންތަކަށް އެއްބާރުލުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކޯޓުން ކޮށްފައިވާ ޙުކުމް ބަލައިނުގަނެ، ރައީސް ޔާމީން މިނިވަން ކުރުމަށް ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައި މާލޭގެ މަގުތަކުފައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެންނެވެ.
"ކޮވިޑް ފަތުރާ ގައުމު ހުއްޓުވަން ކުރާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ މަސައްކަތެއް! ޕީޕީއެމް އިން ރާވާ ނުބައި ލާއިންސާނީ ރޭވުންތަކަށް އެއްބާރުލުން ނުދެމާ! ދެން އިތުރު ލޮކްޑައުން އަކަށް ދާން ޖެހިއްޖެނަމަ ބަނޑަށް ޖެހިދާނެ! ބަސް އަހައިގެން އެޗްޕީއޭ ގެ ގައިޑްލައިންތަކަށް ތަބަޢަވަމާ!" ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަގުމަތީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެ ކޯލިޝަނުން ދަނީ މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވަމުންނެވެ.
އެގޮތުން ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް ހެލްތް މިނިސްޓްރީ ކައިރިއަށް އެއްވުމަށް މަސައްކަތް ކުރެއްވުމުން އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ފަހުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް މިއެއްވުން ތަކުގެތެރެއިން ހައްޔަރުކޮށްފައި ވެއެވެ.
މީގެ އިތުރުން މިސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށްބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު