ކޮޅުފުށީގައި ސާމްޕަލް ނެގުން ކުރިއަށް ދަނީ
ކޮޅުފުށީގައި ސާމްޕަލް ނެގުން ކުރިއަށް ދަނީ
ކޯވިޑް-19 އަށް މ. ކޮޅުފުށިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް މީހެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ، މ.ކޮޅުފުށީގައި ބަލި އުޅޭތޯ ބެލުމަށް މިހާތަނަށް އެރަށުން ގިނަޢަދަދެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 މީހުން މިހާތަނަށް ވަނީ ފާހަގަވެފައެވެ. މި ކޭސްއާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހުއެވެ.

މ. ކޮޅުފުށިން މީގެ ކުރިން 10 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިއަދު ވަނީ އެރަށުން އިތުރު 15 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ. އެރަށުން އަލަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެރަށުން މާލެ އަށް ދަތުރުކުރާ "ހަނދުވަރު" ބޯޓުގެ ކެޕްޓަންވެސް ހިމެނެއެވެ. އެބޯޓަކީ މ. އަތޮޅުގެ ގިނަ ރަށްތަކަކަށް މުދާ އުފުލާ ބޯޓެކެވެ.

ކޮޅުފުށިން މިހާތަނަށް 25 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެރަށުން "ރަސްއޮންލައިނަށް" މަޢުލޫމާތުދިން ފަރާތުން ވިދާޅުވެފައިވަނީ އެރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަ ކުދިންވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެރަށު ސްކޫލްގެ ޓީޗަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ހަމަ އެއާއެކު އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކާއި، ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއްވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން