ސަރުކާރާ ދެކޮޅު ޕާޓީތަކުން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ޗެނަލް 13ގެ ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށް ހުރަސް އެޅުމުން ކަމާބެހޭ އެއްވެސް ފަރާތްތަކުން އަޅާނުލާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެކަމާމެދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޒާހަރާ ކަވަރުކުރުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ޗެނަލް 13ގެ ނޫސްވެރިއާ މަރިޔަމް އިސާދާއަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެ ގޮތުން، އޭނާ ބިންމައްޗަށް ވައްޓާލުމަށް ފަހު ބޫޓުން އޭނާގެ ގަޔަށް އަރާފައިވާތީ އެކަން ޝިޔާމް ފާހަގަކުރަށްވާފައި ވެއެވެ.
ޝިޔާމް ވިދާޅުވީ، މަރިޔަމް އިސާދާ އެ ސަރަހައްދުގައި ހަރަކާތްތެރިވީ މީޑިއާ ފާސް އަދި މައިކާ ވެސް އެކުގައި ކަމަށެވެ.
މަރިޔަމް އިސާދާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ ވަގުތުން އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
ޝިޔާމް ވިދާޅުވީ މިއީ މިނިވަން ނޫސްވެރިކަމަށް ދެވުނު ޑިމޮކްރެސީއާއި ޚިލާފު ލާއިންސާނީ ހަމަލާއެއް ކަމަށެވެ.
"އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ގޮވާލާފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި މިނިވަން އިންތިހާބަކަށް ފުރުސަތު ދިނުމަށެވެ. މާލޭގެ އިތުރުން އެކި ރަށްތަކުގައި ވެސް އިދިކޮޅުގެ މި ގޮވާލުން ކުރިއަށް ގެންދިޔަ އެވެ.
މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވި އެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޒާހަރާއިން ހައްޔަރު ކުރީ 11 މީހުންނެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެޗްޕީއޭއިން ވަނީ މާލޭގައި އެއްވުންތަކާއި ޕާޓީތައް ބޭއްވުން މަނާކޮށްފައެވެ.

Clear press freedom violation. Clearly identifiable that she is from media as @Ch13official reporter Mariyam Isaadha @prettymaree84 was with the media pass and the microphone. She was shoved to the ground by police and then stepped on her shoulder with combat boots.@pressfreedom pic.twitter.com/YtrYdueonB
— Ahmed Shiyam (@Shiyamaldives) January 29, 2021
މަރިޔަމް އިސާދާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ ވަގުތުން އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
ޝިޔާމް ވިދާޅުވީ މިއީ މިނިވަން ނޫސްވެރިކަމަށް ދެވުނު ޑިމޮކްރެސީއާއި ޚިލާފު ލާއިންސާނީ ހަމަލާއެއް ކަމަށެވެ.
"އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ގޮވާލާފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި މިނިވަން އިންތިހާބަކަށް ފުރުސަތު ދިނުމަށެވެ. މާލޭގެ އިތުރުން އެކި ރަށްތަކުގައި ވެސް އިދިކޮޅުގެ މި ގޮވާލުން ކުރިއަށް ގެންދިޔަ އެވެ.
މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވި އެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޒާހަރާއިން ހައްޔަރު ކުރީ 11 މީހުންނެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެޗްޕީއޭއިން ވަނީ މާލޭގައި އެއްވުންތަކާއި ޕާޓީތައް ބޭއްވުން މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު