ޝިޔާމް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ -- (ކ) މުހައްމަދު ސައީދު (ވ)
ޝިޔާމް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ -- (ކ) މުހައްމަދު ސައީދު (ވ)
އިއްޔެ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ފުލުހުން އަނިޔާކުރުމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ޝައީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެސީ ގާއިމުކުރުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި މުޒާހަރާގެ ތެރެއިން ފެނިގެން ދިޔައީ އެ މަންޒަރު ކަމަށެވެ.

ސައީދު ވިދާޅުވީ، ފުލުހުން ނުކުމެ ޝިޔާމަށް އަނިޔާކުރުން ބަލައިނުގަނެވޭނެ ކަމަށާއި މިއީ ކަންބޮޑުވާ މައްސާލައެއް ކަމަށެވެ.

ސައީދުގެ އެ ޓްވީޓްގައި ހައިކޮމިޝަންތަކާ، ރައީސް ޞާލިޙްގެ އިތުރުން ރައީސް ނަޝީދާއި އަލިފްދާލްގެ ޓުވިޓާ އެކައުންޓް ވެސް ވަނީ ޓެގުކޮށްފައެވެ.

"އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ގޮވާލާފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށާއި މިނިވަން އިންތިހާބަކަށް ފުރުސަތު ދިނުމަށެވެ. މާލޭގެ އިތުރުން އެކި ރަށްތަކުގައި ވެސް އިދިކޮޅުގެ މި ގޮވާލުން ކުރިއަށް ގެންދިޔަ އެވެ.

މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވި އެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޒާހަރާއިން މިއަދު ހައްޔަރު ކުރީ 11 މީހުންނެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރަކާއި ބައެއް ކޮމިޓީޓަކުގެ ވެރިން ހިމެނޭ ކަމަށެވެ. މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ ހޭނިތިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޟުއޫރު

02-Feb-2021

ގުނޫތުގަ ތިއްބާ ހެޔޮނުވާނެނުން.



ޓްރެންޑިން