އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ. އެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

އަދުރޭގެ މައްޗަށް ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔަ ވަގުތެއްގައި ކޯޓު ސަރަޙައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމެއްގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައެވެ.

އަދުރޭގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ އެންމެ ބޮޑު އަދަބަކަށް އަންނާނީ ތިން މަސް ދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

ބޭ އަދަބީ ބަސް ބޭނުންކޮށްގެން އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއިރު، ޓީވީން ވަގުތުން ދުރަށް ދެއްކި ޕްރޮގްރާމެއްގައި ހަޑިހުތުރު ބަހުރަ ބޭނުންކުރަށްވައިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން