ޔުމްނާ މައުމޫން
ޔުމްނާ މައުމޫން
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި، އެ ވެކްސިން ނުޖަހަން އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ގެންދާ މައްސަލައިގައި، ކޯލިޝަން ސަރުކާރުގެ އާޓްސް އެންޑް ކަލްޗާ މިނިސްޓަރ ޔުމްނާ މައުމޫން ވަރަށް ބޮޑަށް ކޯފާވެ، އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ،އިން އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނުވާ ވެކްސިންތަކެއް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ކައިރީގައްޔާއި ދަރުބާރުގެ ކައިރީގައި މުޒާހަރާކޮށް އަޑުއުފުލާފައެވެ.

އެ ދުވަހުގެ މުޒާހަރާއަށް ފަހު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނަކީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ވެކްސިން ނުޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ޔުމްނާ ވަނީ، "ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިނެއް ތައްޔާރު ކޮށްދެއްވިނަމަ ރައްޔިތުންނަށް މާ ފަސޭހަވީސް ނޫންތޯ؟،" އޭ ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ސުވާލެއް ކުރިމަތި ކުރައްވާފައެވެ.

އިންޑިޔާއިން ރާއްޖެ ހަދިޔާ ކުރި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.

ރާއްޖޭގައި އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހު އިންޑިއާ އިން ގެނައި "ކޮވިޝީލްޑް" ވެކްސިން ޖަހަން ފަށާނެއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވުމުން އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްކަންދީފައިވާ ކެޓަގަރީތަކުން، ވެކްސިން ޖެހުމަށް ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.

އިންޑީއާއިން ރާއްޖެ ގެނެސްފައިވާ ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގެ ވެކްސިން ދޭނީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށެވެ.

އެމްއެފްޑީއޭ އިން ވެކްސިން ބޭނުންކުރަން ހުއްދަދިންކަން އާންމުކޮށް އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ވަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިދިޔަ އަންގާރަ ދުވަހު އެ އޮތޯރިޓީން ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާ އެކު ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްއެފްޑީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އެ ވެކްސިނާ ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނަކީ އެއް "ކޮމްޕޮޒިޝަން" އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކައްޗެއްކަން ޔަގީންކުރެވޭ ކަމަށެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

މޮނޯ

05-Feb-2021

އަދުރޭ އެއުޅެނީ ވެކުސިން ހަދަން.


-3

ކިނބޫ

02-Feb-2021

ޕީޕީއެމް ސައިންސްވެރިންގެ ޓީމުގައި ހިމެނޭ, ކޮވިޑް ވެކްސިން ހެދުމާ ހަވާވެތިބި ވިއްސަކަށް މީހުން ވަނީ ޖަގަޑާ ހަދާފަ ނުކުމެ އެމްއާރްއެމް ކިޔާ ޖަމާއަތެއް އުފައްދާފަ. މިހާރު ވެކްސިން ހަދަން ޖެހެނީ އެ ޖަމާއަތުން. ބަފާގެ ނުބައިކަން މަންޖެގެވެސް އެބަހުރިތާ.


8

ާިސހަތހ ޚހަލިދ

02-Feb-2021

ޠުމނ


-2

ޢަހަރެން

02-Feb-2021

ހަބަރު ލިޔަން ނޭނގެންޏާ ނުލިޔެބަލަ. އިންސާނުންނަށް ނިސްބަތްކޮށް ކޯފާ އެކޭ ނުކިޔޭނެ. 😡😡


3

ޖައުފަރުރަޝީދު

02-Feb-2021

ހާދަ މަގާމްފުޅު ބޭނުން ބޭފުޅެކޭދޯ. ކަމަނާކޯފާވިއަސް ނުވިއަސް މުޖުތަމައު ހީވާނެ އެކައްޗެއްވެސް ނެތް. މީހެއްކަމަށްނުބަލާ މީހެއްތީ


-2

ޤާދިރު

02-Feb-2021

ކަމަނާކޯފާވާނެ ކަމެއްނެތް އަވަހަށް ގޮސް ވެކުސިން ޖަހާލަ


2

ސަޢީދު

02-Feb-2021

ޔާމީނު އާއި ރުބޭލް ތައްޔާރުކުރާ ވެކުސިން ޕޕއެމް ކުދިން ބޭނުންކުރާތި



ޓްރެންޑިން