އިންޑިއާއިން ހަދިޔާކުރި ކޮވިޑް ވެކްސިން ޖެހުމާއި ދެކޮޅަށް އަޑުއުފުލަމުންދާތީ ގިނަބަޔަކު ފާޑުކިޔަން ފެށުމުން ގޮތްދޫކޮށް ރައްކާތެރިކަން ކަށަވަރުކޮށް ވެކްސިން އަވަހަށް ޖެހުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފިއެވެ.
ޕީއެންސީގެ ނާއިބް ރައީސް މިއަދު ވިދާޅުވީ އެބޭފުޅުން އެދެނީ ވެކްސިން ރައްޔިތުން ގަޔަށް ޖެހުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
"ވެކްސިނެއް ރައްޔިތުންނަށް ލިބުނު ކަމަށްޓަކައި الله އަށް ހަމްދު ކުރަން. އަޅުގަނޑުމެން އެދެނީ ވެކްސިން ރައްޔިތުންގެ ގަޔަށް ޖެހުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް. ނަމަވެސް މުޅިސަރުކާރުން ފެނިގެން ދަނީ މިކަމާ ނޫޅެ ޕީޕީއެމް ގެ ފަހަތުން ދުވާތަން." ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝުޖާޢު ވިދާޅުވީ ވެކްސިނަށް ރައްޔިތުން އަހުލުވެރި ކުރުމަށް ޒިންމާދާރު އެއްވެސް ކަމެއް ކުރާތަން ނުފެންނަ ކަމަށާއި، ފެންނަނީ ސަރުކާރު އޮފު ކެނޑި މާޔޫސް ވެގެން އުޅޭ މަންޒަރު ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކުރިން ބުނަމުން ދިޔައީ އިންޑިއާއިން ހަދިޔާކުރި ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ނޫން ކަމަށެވެ. އަދި އިދިކޮޅުން ވަނީ ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ވެސް ކޮށްފައެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.
ރާއްޖޭގައި އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހު އިންޑިއާ އިން ގެނައި "ކޮވިޝީލްޑް" ވެކްސިން ޖަހަން ފަށާނެއެވެ.
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވުމުން އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްކަންދީފައިވާ ކެޓަގަރީތަކުން، ވެކްސިން ޖެހުމަށް ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު