ކަމެއްގެ ނަތީޖާ ނެރެވޭނީ އެކަމެއްގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލައިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވެފައިވަނީ ޕީޕީއެމުން މިހާރު ކުރަމުން ގެންދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުން މަދުވެގެން އެމްޑީޕީގެ ބައެއް މެންބަރުން އެކަމަށް ފާޑުކިޔާ ކުރަމުންދާ މަލާމާތަށް ރަށްދު ދެއްވަމުންނެވެ.

"‏ޕީޕީއެމްގެ މަގުމަތީ ހަރަކާތުގައި މީހުން މަދުވެގެން އެމްޑީޕީގެ އިސްވެރިން ޖޯކުޖަހަނީ، 2012 ގެ ފެބްރުއަރީ 8 އިން ފެށިގެން ތިބުނާ މީހުން ގިނަވެގެންވީ ކަމެށް ހަރާމް. ބަދުރު އާ އުހުދު ގަވެސް މީހުން ގިނަވެގެން ގިނަ މީހުން ތިބެ ވީމޮޅެއްނެތް. ނަތީޖާ ނެރެނީ އަދަދަށް ބަލާފައެއްނޫން." މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިއުމާއެކު ޖެހިގެން އައި 8 ފެބްރުއަރީ ގައި އެމްޑީޕީން ބޭއްވި އިދިކޮޅު ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އަދި އެ ހަރަކާތްތައް މެދު ނުކެނޑި ޖެހިގެން އައި ރިޔާސީ އިންތިޚާބާއި ހަމައަށް އެމްޑީޕީން ކުރިއަށް ގެންދިޔައެވެ. މޮސްޓާ އެމްޑީޕީއަށް މިއަދު އެ ހަނދާން ކޮށްދެއްވީ އެ ހަރަކާތުގެ ހަނދާންތަކެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބާއްވަމުން ގެންދާ މުޒާހަރާ ތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމަށް ބުނެ އެމްޑީޕީއާއި ބައެއް މީޑިއާތަކުން އަންނަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-16

ކިނބޫ

02-Feb-2021

މަޖިލިސް ތަޅުމުގައި ބަދުރު އަދި އުހުދު ވާހަކަ ކޮންމެސްކޮންމެސް ނުދައްކާތި. އުސް ގޮނޑީގަ އިންނަނީ ބަދުރު އުހުދު ދަންނަ މީހެއް ނޫން. އޭނާގެ ބޮލަށް ތުރާވޭނު ގުރުއާނުގެ އާޔަތް ކީމަވެސް.


-2

ހަސަނު

02-Feb-2021

ބަލަ މޮސްޓާ ބަދުރާ އުހުދުގައި ހަނގުރާމަ ކުރީ ކީރިތި ރަސޫލާ އާއި ޞަޙާބީންނާ ދެކޮޅަށޭ. މިހާރު އެއްވެސް ކޮޅެއް އެއާ އަޅާ ކިޔުމަކީ ވެވޭނެ ކަމެއް ނޫުން!!!



ޓްރެންޑިން