މ. ކޮޅުފުއްޓަށް ކެއަރ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ފަށައިފިއެވެ.
ކޯވިޑް-19 އަށް މ. ކޮޅުފުށިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 25 އަށް އަރައިފައިވާއިރު އެރަށް މިހާރު ވަނީ މޮނިޓަރިންގައެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެރަށުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލު ބަލައި، ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 މީހުން މިހާތަނަށް ވަނީ ފާހަގަވެފައެވެ. މި ކޭސްއާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހުއެވެ.
ކޮޅުފުށިން މިހާތަނަށް 25 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެރަށުން "ރަސްއޮންލައިނަށް" މަޢުލޫމާތުދިން ފަރާތުން ވިދާޅުވެފައިވަނީ އެރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަ ކުދިންވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެރަށު ސްކޫލްގެ ޓީޗަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ހަމަ އެއާއެކު އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކާއި، ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއްވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ކޮޅުފުށިން ލ. ގަމަށް ދަތުރުކުރި ބަޔަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ލ. ގަމުންވެސް ވަނީ ގިނަ ޢަދަދެއްގެ ސާމްޕަލް ނަގާފައެވެ.

މުލަކު އަތޮޅު ކޮޅުފުށި މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުަޅައި ހާލުބަލައިކެއަރ ޕެކޭޭޖަސް ފޮނުވުމުގެ މަސައްކަތް ވަނީ ފެށިފައި pic.twitter.com/iMHmP0kRXV
— Ministry of Gender, Family and Social Services (@MoGFSSmv) January 30, 2021
ކޮޅުފުށިން މިހާތަނަށް 25 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެރަށުން "ރަސްއޮންލައިނަށް" މަޢުލޫމާތުދިން ފަރާތުން ވިދާޅުވެފައިވަނީ އެރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަ ކުދިންވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެރަށު ސްކޫލްގެ ޓީޗަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ހަމަ އެއާއެކު އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކާއި، ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއްވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ކޮޅުފުށިން ލ. ގަމަށް ދަތުރުކުރި ބަޔަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ލ. ގަމުންވެސް ވަނީ ގިނަ ޢަދަދެއްގެ ސާމްޕަލް ނަގާފައެވެ.
ކިޔުންތެރިންގެ ހިޔާލު