ޕްރޮގުރެސިވް ޕާޓީ އޮފް ދަ މޯލަޑިވްސްގެ ހެނވޭރު ޖަގަހަ ނުވަތަ ރަސްމީ އޮފީސް: ޒިދާން މުހައްމަދު
ޕްރޮގުރެސިވް ޕާޓީ އޮފް ދަ މޯލަޑިވްސްގެ ހެނވޭރު ޖަގަހަ ނުވަތަ ރަސްމީ އޮފީސް: ޒިދާން މުހައްމަދު
ހެންވޭރުގައި ހުންނަ ޕީޕީއެމްގެ ޖަގަހައިން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށް ލަވަޖަހާތީ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ނުރުހުންވެއްޖެއެވެ.

ޕީޕީއެމްގެ އޮފީސް ފުރަގަހުގައި ހުރި އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި ރޭގަނޑު އެ ޖަގަހައިގައި އާދަޔާޚިލާފަށް ބާރަށް އަޑުގަދަކޮށް ލަވަޖާހާކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ޅަ ދަރިން ތިބެނީ ނުނިދިފައި ކަމަށް އޭނާ ބުންޏެވެ.

ހެންވޭރުގައި ހުންނަ އެހެން ގެއެއްގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި، ކިތަންމެ ބާރަށް ލަވަ ޖެހިޔަސް ރައީސް ޔާމީން މިނިވަން ކުރާނީ ކޯޓަކުން އެގޮތަށް ނިންމީމައެވެ. އެހެންވެ، ބާރަށް ލަވަޖަހައި ރައްޔިތުންނަށް ދުއްތުރާ ކުރުމުގެ ބޭނުމެއް އޭނާއަކަށް ނުވިސްނޭ ކަމަށް ބުންޏެވެ.



އޭނާ ވެސް ފާހަގަ ކުރި ގޮތުގައި ޅަދަރީންގެ ނިދި ކޮންމެ ރެއަކުމެ ހަލާކުވެދަނީ މިކަމަކާ ހުރެއެވެ. ކިޔަވާ ކުއްޖާގެ ކިޔެވުމަށް އެޅޭ ހުރަހަކަށް މިކަން މިވަނީ ވެފައެވެ. ޓެސްޓެއް އޮންނާތީ ފިލާވަޅު ދަސްކުރަން މިޖެހެނީ ސިޔާސީ ބެރުވެރީން ނިދާ ފައިތިލަ އޮބުނީމާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި އުޅެނީ ކޮންމެހެން ކެމްޕޭން ހަރަކާތްތައް ހުއްޓުވާކަށް ނޫން. އެކަން ކުރަން ޖެހެނީ ހުދޫދެއްގެ ތެރޭގައި. އާންމުންގެ ދިރިއުޅުމަށް އުނދަގޫ ނުވާ ގޮތަށް،" އޭނާ ބުންޏެވެ.

"އެކަމަކު ހައްދުން ނައްޓާ ހިސާބަށް މިކަންތައްތައް ގޮސްފައިވާތީ މައްސަލައަކީ. އަޅުގަނޑުމެން އުންމީދު ކުރަން ފުލުހުން ޕާޓީތަކާ އެކު ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ހޯދައި ދޭނެ ކަމަށް."

ޖަގަހަތަކުން އާންމުންނަށް އުނދަގޫވާ ގޮތަށް ލަވަޖަހާ މައްސަލަތައް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލިސް އިންތިހާބުގައި ވެސް ފެންމަތިވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ރާއަލިފް

02-Feb-2021

ފޭކް ވާހަކައެއް ތީ



ޓްރެންޑިން