ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
އިންޑިޔާއިން ހަދިޔާކުރި ވެކްސިނާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްޔިތުން މަޖުލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދައި، އެ ވެކްސިން ނުޖަހަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އަޑުއުފުލަމުން ދަނިކޮށް، ރީކޯ ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދްމަތްތެރިން ދިވެހިންނަށްޓަކާ ވަމުންދާ ޤުރުބާނީގެ އަގުވަޒަންކުރައްވަން ޖެހޭ ކަމަށެވެ. އަދި ކޯވިޑް-19 ޖެހުމުން އެމީހުންގެ އޯގާތެރި ޚިދުމަތަށް އެދޭ ފަދައިން ވެކްސިން ވެސް އެމީހުންގެ ދިރާސާއާއި ނިންމުމަށް ދޫކޮށްލުމަށް ރީކޯ ގޮވާލެއްވިއެވެ.

"އެމީހުން ރަނގަޅޭ ބުނާ ވެކްސިން އަޅުގަނޑު ޖަހާނަން" ރީކޯ ވިދާޅުވިއެވެ.

ކަމުނުގޮސްގެން އުޅެނީ އިންޑިއާއިން ހަދިޔާކުރި އެއް ލައްކަ ޑޯޒަށް ވާއިރު، ރީކޯ ވިދާޅުވީ، ފާއިތުވި ސާޅީހަކަށް އަހަރު ވެސް ގިނަ ދިވެހީން ބޭސް ފަރުވާކޮށްފައިވަނީ އިންޑިއާއިން ކަމަށެވެ. އަދި ޑޮކްޓަރުންނާއި ހުސްނުވާ ވަރަށް ބޭނުންވާ ބޭހާއި ފާމަސިސްޓުންނާ ނަރުހުން ގިނައިން ރާއްޖެ ގެނެސްފައި ވަނީ އިންޑިއާއިން ކަމަށް އޭނާ ވިދާޅުވިއެވެ. މި ވާހަކައަށް ފަހު ރީކޯ ވަނީ އިދިކޮޅު ފަރާތްތަކަށް ސުވާލެއް ވެސް އަމާޒުކުރައްވާފައެވެ.

“މި ފަހަރު އިންޑިއާއިން ގެނައި ވެކްސިން ކަމުނުދިޔައީ ޕާޓީގެ ގާނޫނު އިސްލާހު ކުރިއިރު އޭގެ ތެރެއަށް އިތުރު މާއްދާއެއް އެއްވީމަ ހެއްޔެވެ؟ ނުވަތަ އިންޑިއާގެ ވެކްސިން ނުޖެހުމަށް އިތުރު ކުރި މާއްދާގައި ބުނާތީތޯއެވެ؟” މަޖިލީހުގެ ނައިބު ރައީސް ކަމާއި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި، ރީކޯ ވިދާޅުވިއެވެ.

މީގެ އިތުރުން، ރީކޯ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ޖާގަނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމު ކަމަށް ބަލަންޖެހޭނެ ކަމަށެވެ.

"ރައްޔަތުންގެ ޢާއްމު ސިއްހަތާ ގުޅިފައިވާ ކޯވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލްޓީމުން ކުރާ ސިއްހީ ދިރާސާ ތަޙްޤީގްކުރަންޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ސީކޯ

02-Feb-2021

ބަލަ އެނގޭ ކަލޭ ދައްކާނީ ތިޒާތުގެ ވާހަކަ ކަން ތީކާކު ގޯނިބޭ ކުޑައަލީ އާއި ތިރީކޯއާއި ތީ ހަމަ އެއްދަރަޖަ އެއްގެ މީހެއް.



ޓްރެންޑިން