ލާމު އަތޮޮޅުގެ ރަށެއް
ލާމު އަތޮޮޅުގެ ރަށެއް
ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ ހޮޓެލް ސްކޫލެއް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ހޮޓެލް ސްކޫލެއް އަޅަން ނިންމާފައިވާކަން "ރަސް އޮންލައިން" އަށް ކަށަވަރުކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ އެ ތަން ތަރައްގީ ކުރަނީ ލާމު އަތޮޅުގައި ކަމަށެވެ.

މަބުރޫކު ވިދާޅުވީ އެއީ މި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެކަމަކު މި މަޝްރޫއުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. މަބްރޫކް ވިދާޅުވީ އެ މަގަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލާމު އަތޮޅުގައި ގާއިމުކުރާ މި ސްކޫލަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެއިތުން މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ދުނިޔެއަށް ހުޅުވިގެންދާނެ ކަމެކެވެ. މިހާރު ވެސް ރާއްޖޭގެ ހޮޓެލް ސްކޫލްގެ ސެޓްފިކެޓް ތަކާއި ރާއްޖޭގައި ލިބިގަންނަ ފަތުރުވެރިކަމުގެ ދާއިރާގެ ތަމްރީނާ ތަޖުރިބާ ތަކަކީ މުޅި ދުނިޔެ ބަލައިގަންނަ އަދި ވަރަށް މަތިން ވަޒަން ކުރަމުން އަންނަ އެއްޗެކެވެ.

ރާއްޖޭގައި މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނު ހާސިލު ކުރުމުގެ ފުރުސަތު އޮވެއެވެ. ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހިންގާ ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާ ތަމްރީން އުނގަންނައިދޭ ފެކަލްޓީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން