ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ކެމްޕޭން ކުރުމަށް ނުލިބޭ ފުރުސަތެއް އެމްޑީޕީއަށް ނުދޭނެ ކަމަށާއި "އަނިޔާގެ ނާޅިން" ވާދަވެރިންނަށް ނުމިނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެމްޑީޕީއިން ކެމްޕޭން ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެހެން އިންތިޚާބުތަކުގައި ލިބުނު ފަދަ ފުރުސަތެއް މި ފަހަރުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށެވެ. އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައި އޮތީ ތަފާތު މާހައުލެއް ކަމަށްވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޕީޕީއެމްއާއި ޕީއެންސީއަށް ނުލިބޭ ފުރުސަތެއް އަޅުގަނޑުމެން [އެމްޑީޕީއިން] ނުނަގާނެ، އެފަދަ ފުރުސަތެއް ސަރުކާރުން ނުވެސް ދޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކެމްޕޭންގެ ހަރަކާތްތައް އެމްޑީޕީއިން ކުރިއަށް ގެންދާނީ އެޗްޕީއޭއިން އެކަމަށް ކަނޑައަޅާ ގައިޑްލައިންގެ ތެރޭގައެވެ. އެމަނިކުފާނު މާލެއިން ރަށަކަށް ވަޑައިގަންނަވާ އިރު ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮންނަ ނަމަ އަމަލު ކުރައްވާނީ އެގޮތަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ދަތި ހާލަތެއް އަޅުގަނޑުމެން ކުރިމަތީގަ މި އޮތީ، ފަސޭހައެއް ނުވާނެ ކެމްޕޭން ކުރާކަށް، އެކަމަކު ކުރާނަން، ކުރާނީ ވެސް ދީފަ އޮތް ޖާގައިގެ ތެރެއިން، ކަރަންޓީނު ވާން ޖެހޭ ނަމަ ކަރަންޓީނު ވެގެން، 10 ދުވަހުގެ ކަރަންޓީނެއް ވާން މިހާރު މި އޮތީ، އެ ގޮތަށް ނަމަ އެ ގޮތަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތް އިރު އޭރު ވެރިކަން ކުރަމުން ދިޔަ ފަރާތްތައް އެމްޑީޕީއަށް ދިނީ "އަނިޔާގެ ނާޅި" އެއް ކަމަށެވެ. އެކަމަކު އެމްޑީޕީއަށް ދިން "ނާޅިން" ވާދަވެރި ފަރާތްތައް ނުމިނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީއާ މެދު އަމަލު ކުރީ ވަރަށް ހިތިކޮށް، މުޅި ހަޔާތް ޖަލެއްގައި، ގޮޅިއެއްގައި، އަނިޔާގަ ހޭދަކުރީ، ކެމްޕޭނެއް ނުކުރެވޭ، އެ ނާޅިއަކުން އަޅުގަނޑުމެންގެ ވާދަވެރިން ނުމިނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިނަށާއި އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި އިހްތިޖާޖް ކުރަމުންދާ ފަރާތްތަކަށް ވެސް ދެރަ ގޮތެއް ވިޔަކަ ދޭން ބޭނުންފުޅު ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ގަންޖާބޯ

02-Feb-2021

ޖައްބާރުކަމާ ދައްޖާލުކަމުގެ ނާޅި ކަލެއަށް ފުދޭ ދޯ!


5

ސަޢީދު

02-Feb-2021

ވަގަކު ޖަލުންދޫކޮށްގެންނުވާނެ ވަގެކޭމިބުނަނީ ލެއްގިބަބުރައްކާފަކިޔާ ވަގު ޔާމީނު ވާހަކަ


-4

ހަސަނާ (މެދުޕްރޮވިންސް)

02-Feb-2021

ތީގެ މާނަ އަކީ ޔާމީން ޖަލުން މިނިވަން ކޮށްދެއްވާނަމޭ ދެއްތޯ



ޓްރެންޑިން