ކުޑަ ދެކުދިން ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އއ. މަތިވެރި މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭއިން މިއަދު އއ. މަތިވެރީ ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްޓަކައި އއ. މަތިވެރި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ.
އަދި މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭގެ ހުއްދަ ނެތި ރަށުން ފޭބުމާއި، އިތުރު މީހަކު ރަށަށް އެރުންވެސް އެޗްޕީއޭ އިން ވަނީ މަނާ ކޮށްފައެވެ. މި ފިޔަވަޅު އަޅާފައި ވަނީ ކޯވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުގެ ދަށުން ކަމަށްވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.
އެރަށުން މިއަދު ވަނީ ދެ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެރަށުން މިއަދު ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެމަފިރިންގެ ކާފަ ދެކުދިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއަދު ޕޮޒިޓިވްވި ދެކުދިންގެ ތެރެއިން ސްކޫލަށްދާ ކުއްޖާއާއި ކޮންޓެކްޓްވި ސްކޫލް ކުދިންތަކެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،736 އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 152 މީހުންނަށެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 45 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު