ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްްމަދު ޞާލިޙް ކޯވިޑް-19 ވެކްސިން ޖައްސަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްްމަދު ޞާލިޙް ކޯވިޑް-19 ވެކްސިން ޖައްސަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްްމަދު ޞާލިޙް ކޯވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުން ރަސްމީކޮށް ފެށުމަށް މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވާފައިވަނީ ހަތަރުވަނަ އަށެވެ. ވެކްސިން ޖެހުމަށްފަހު ރައީސް އޮބްޒަވޭޝަންގައި 15 މިނެޓް މަޑުކޮށްލައްވާނެއެވެ. ރައީސް އަށް ފަހު ދެން ވެކްސިން ޖައްސަވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ރާއްޖޭގައި މިއަދު ކޯވިޑް19 ވެކްސިން ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. ޑރ. ޝިރާނީ އާއެކު، ހުޅުމާލެ ފެސިލިޓީގެ ނަރުހެއް ކަމުގައިވާ ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރު ވެސް ވަނީ ވެކްސިން ޖަހާފައެވެ.

މިއަދު ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތް ފެށިގެން ގޮސްފައިވާއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަ ޖެހިފައިވަނީ 04 ހަފްތާ ފަހުންނެވެ. ރާއްޖޭގައި މިއަދު ޖަހަން ފަށާފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮމިޝީލްޑް" ވެކްސިނެވެ.

މިއަދު ރާއްޖޭގެ ތިން ސިޓީއެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައި.ޖީ.އެމް.އެޗް.، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނެއެވެ.

ރާއްޖޭގައި ވެކްސިންދޭ ފަރާތްތައް އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ވެކްސިނަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން