މުހައްމަދު ޖަމީލް (ކ) ރައީސް މުހައްމަދު ނަޝީދު (ވ)
މުހައްމަދު ޖަމީލް (ކ) ރައީސް މުހައްމަދު ނަޝީދު (ވ)
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށް ވިއްކި "އެޖެންޑާ19" ވައުދު ނާމާގައި ހުރި ގިނަކަންކަން ކޮށްދެވިއްޖެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސް ޔާމިންގެ އިސް ޤާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަމަށް ރައްދުދެއްވައިފިއެވެ.

ރައީށް ނަޝީދު އިއްޔެ ދެއްކެވި ވާހަކަ ތަކުގެ ރައްދުގައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމާއި މަޖިލީހުން ވެސް ސާބިތުވީ އެމްޑީޕީގެ ނާޤާބިލްކަން ކަމަށެވެ. ޖަމީލް ވިދާޅުވީ، އެމްޑީޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ ކަމަށާއި ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ މިނިވަން އިންތިޚާބެއް ނަމަ ޕީޕިއެމުން އެއިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

"(ޕީޕީއެމް) ކުރާނެ އިތުރު ތަޖްރިބާއެއް ނެތް. ޕީޕީއެމުން ދެއްކީ ތަރައްޤީ. ބްރިޖާއި މަޝްރޫޢުތައް ފެނި ޚުދު މަޖިލިސް ރައީސް އާޝޯހްވި." ޖަމީލްގެ ރައީސް ނަޝީދުގެ ވާހަކަ ތަކަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.

އިއްޔެގެ އެމްޑީޕީން ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ތައްޔާރުވެ އޮތީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވާދަވެރިން "ބޮޑު ބައްޔަކުން ބަލި ކުރަން" ކަމަށެވެ.

އިއްޔެ ނޫސްކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވައި އެޖެންޑާ 19 ގެ ވަޢުދު ތަކާއި ރިޔާސީ ވަޢުދުތަކުގެ ވެސް ބޮޑުބައި ފުއްދިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ މި ސަރުކާރުން މިހާރު ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ތަފާސް ހިސާބުތައްވެސް އާންމު ކުރައްވާފައެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑޫ ތަފާތަކުން އޭރުގެ ރައީސް، ރައީށް ޔާމީން ބަލި ކުރަށްވައި ޖެހިގެން އައި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީންނެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މި އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ވެސް އެ މަންޒަރު ތަކުރާރު ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު 27 ރަށުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް އެ ތަންތަނުގެ ކައުންސިލް މެޖޯރިޓީ އެމްޑީޕީއިން ހޯދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޚާއްޞަކޮށް މާލެއާއި އައްޑޫއާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ ނަން ފާހަގަ ކުރަށްވައި އެ އަތޮޅުތަކުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މާލޭގެ ގޮނޑިތައް، އައްޑޫގެ ގޮނޑިތައް، ކުޅުދުއްފުށީގެ ގޮނޑިތައް، ފުވައްމުލަކުގެ ގޮނޑިތައް، ތިނަދޫގެ ގޮނޑިތައް، ނައިފަރު، ހިންނަވަރުގެ ގޮނޑިތައް، ދުވާފަރު ގޮނޑިތައް، މިއިން މީހުން ގިނަ ކަމަށް ބުނާ 27 ރަށެއް އޮވޭ، މިއިން އެންމެ ރަށަކުން ވެސް މެޖޯރިޓީ ނުލިބި ދާނެ ކަމަށް ގަބޫލެއް ނުކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއިން ހުށަހަޅާ "އެޖެންޑާ 19 މެނިފެސްޓޯ" ގައި ހިމެނޭ ކަންކަމަކީ ރާއްޖޭގެ ކުދި އާބާދީތަކުން ވެސް ބަލައިގަންނަ މެނިފެސްޓޯއެއް ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން ހިންގާފައިވާ ކަންކަމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ގާތް ވެސް ކުރެވޭނެ ވަރެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން