ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މިޔަންމާގައި މިއަދު ތަކުރާރުވެގެން އެދިޔައީ ރާއްޖޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަންހިނގާ ދިޔަ ގޮތް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިޔަންމާ ސިފައިން ނުކުމެ އެގައުމުގައި މިހާރު ވެރިކަމުގައި ތިބި އެންމެހައި އިސް ފަރާތްތަކަށް ހައްޔަރުކޮށް ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ސަރުކާރު ހިންގުމުގެ ބާރުތައް ސިފައިން ކޮންޓްރޯލްކޮށްފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ވެސް ވެއްޓި ދިޔައީ މިއަދު މިޔަންމާގައި ކަންހިނގާ ދިޔަ ފަދައިން ސަލާމަތީ ބާރުތަކުން ސަރުކާރާއި ދެކޮޅަށް ނުކުމެ ބަޣާވާތްކޮށް ވެރިކަން ހިންގުމުގެ ބާރުތަކަށް ވެރިވެގަނެގެންކަމަށް ސިފަކުރަށްވައިފައެވެ.

ރައީސް ނަޝީދު ވަނީ މިފަދަ ބަޣާވާތްތަކާއި ސަރުކާރާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް އިސްލާހުކޮށް ހަމަ މަގަށް އެޅުވުމުގެ މުހިންމުކަން ވެސް ފާހަގަ ކުރަށްވާފައެވެ. ސަލާމަތީ ބާރުތަކުގެ މި ހަރަކާތްތައް ހުރިހާ ހިސާބަކަށް ވެސް ފެތުރިފައިވާ ކަމަށާއި މާލޭގެ އިތުރުން މިޔަންމާއާއި ވޮޝިންޓަނުން ވެސް ފެނިގެން ގޮސްފައިވަނީ ބަޣާވާތުގެ ހަރަކާތްތައް ކަމުގައި ރައީސް ނަޝީދު ސިފަކުރަށްވާފައި ވެއެވެ.

ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވަމުންދިޔަ ނަމަވެސް އެ ހާދިސާއަށްފަހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ރައީސް ނަޝީދާއި އެމްޑީޕީން މިހާރުވެސް އެހާދިސާއަކީ ބަޣާވާތެއް ކަމުގައި ސިފަ ކުރައްވާއިރު އެހަރަކާތުގެ މުގުލުގައި ތިއްބެވި އިސް ބޭފުޅުންނާއެކު މިއަދު ވެރިކަން ކުރަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކިނބޫ

05-Feb-2021

މިޔަންމާގަ ހުރި އަންހެންމީހާއަކީ ކަލޭ ކަހަލަ މީހެއް. އެހެންވީމަ އެތާ ހިނގާނީވެސް އެއްކަހަލަ ކަންތައް.


8

ހައްވަ

02-Feb-2021

ފެބްރުއަރީ މަހު މީހަކަށް ބާރަށް ވައި ބޭރު ވިޔަސް މިސޮރު ސިހޭނެ! ދަންނަބޭކަލުން ވިދާލުވަނީ މިބައްޔަށް ކިޔަނީ "ފެބްރުއަރީ ބޮޑުހުޅު" ކަމަށް!!!



ޓްރެންޑިން