އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާ - މިނިސްޓްރީ
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާ - މިނިސްޓްރީ
އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގެ ފުރަތަމަ ފިޔަވަހީގެ ސަރވިސް ފެށުމަށް އެމްޓީސީސީއާ އެކު ޕްލޭނިންގ މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފިޔަވަހީގައި ހއ، ހދ އަދި ށ އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ޚިދުމަތް ނޮވެމްބަރ 2021 ގައި ފެށޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢިމާދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ޝާހިދު ޙުސެއިން މޫސާއެވެ.

އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކަކީ ދިވެހިރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް މި ސަރުކާރުން އުފައްދާފައިވާ ހާއްސަ ދަތުރުފަތުރުގެ ނިޒާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން