ޑރ. މުޙައްމަދު ޢަލީ މިއަދު މީސްމީޑިއާއަށް އަޕްލޯޑް ކުރެއްވި ވެކްސިން
ޑރ. މުޙައްމަދު ޢަލީ މިއަދު މީސްމީޑިއާއަށް އަޕްލޯޑް ކުރެއްވި ވެކްސިން
ރައީސް ޞާލިޙްގެ ހަށިކޮޅަށް މިއަދު ޖައްސަވާފައިވާ ކޯވިޑް-19 ވެކްސިނަކީ ފައިޒާ ވެކްސިން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ދައްކަމުންދާ ވާހަކަތަކަށް ޑރ. މުޙައްމަދު ޢަލީ ރައްދު ދެއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭގެ މާފަންނު ދާއިރާއަށް ވާދަކުރަށްވާ ޕީއެންސީގެ ކައުންސިލް މެމްބަރު އަޙްމަދު ނަރީޝް މިއަދު ވަނީ ރައީސް ޞާލިޙްގެ ގަޔަށް ޖަހާފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ނޫން ކަމަށް ބުނެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައެވެ.

ނަރީޝްގެ ތުހުމަތުތައް ދޮގުކޮށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ނަރީޝް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯއަކީ އޭނާ ނެންގެވި ފޮޓޯއެއް ކަމަށާއި، އަދި އެއީ ޑރ. ހަށިކޮޅަށް ޖެއްސެވި ވެކްސިން ކަަމަށް ވިދާޅުވެފައެވެ.



މީގެ އިތުރުން ޑރ. މުޙައްމަދު ޢަލީ އަޕްލޯޑް ކުރެއްވި ވެކްސިން ފުޅީގައި ލޭބަލް ކެހިފައި ހުރުމުން އެކަމަށް ޢާއްމުންގެ މީހަކު ކުރި ސުވާލަށްވެސް ޑރ. ވަނީ ޖަވާބު ދެއްވާފައެވެ. ޑރ. ވިދާޅުވީ ވެކްސިންގެ ފިނިހޫނުމިނުގެ ސަބަބުން 1 ފުޅިން 10 މީހުން ގަޔަށް ޖަހާއިރު ފުޅީގެ ބޭރުގައި ކޮންޑެންސޭޓް ވާ ގޮތް ވެދާނެ ކަމަށެވެ.



ރާއްޖޭގައި މިއަދު ކޯވިޑް-19 ވެކްސިން ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. ޑރ. ޝިރާނީ އާއެކު، ހުޅުމާލެ ފެސިލިޓީގެ ނަރުހެއް ކަމުގައިވާ ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރު ވެސް ވަނީ ވެކްސިން ޖަހާފައެވެ. ވެކްސިން ކެމްޕޭންގައި އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ކޮވިޑްގެ ހައިރިސްކް މީހުންނަށާއި ދުވަސްވީ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

އޮޅުވާލިވޯޓު

05-Feb-2021

ކަލޭމެން ޕީޕީއެމްއާ އަޅާގަނެގެން ތިއުޅެނީކިހިނެވެގެންބާ ހައްތާވެސް ގާތްމީހަކު ހިންގާ ނޫހަކައްވާތީ ޢެއްޗެކޭނުބުނަން ހުންނަނީ


5

ރާއަލިފް

02-Feb-2021

ނުޖަހާނަން ކަލޭ ޖަހާ އޯކޭނުން ދެން ހިންނަވަރު މޯދީ ދެން ގަންޖާ މޯދީ ދެން ޑޮކްތާރު މޯޑީ ކައެޖަހައިފީމެންނުން ދޯ ލޮލް



ޓްރެންޑިން