އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން
އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން
މީގެ ކުރިން ދިވެހިންގެ ތެރޭގައި އޮތް ނުރައްކާތެރި އެތައް ބައްޔެއްގެ ބިރުވެރިކަން މިއަދު ނެތީ ވެކްސިންގެ ސަބަބުން ކަމަށް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ރަސްމީކޮށް މިއަދު ޖަހަން ފަށާފައިވާއިރު މި ވެކްސިން ދަޢުލަތުގެ އެންމެ އިސްވެރިން ވަނީ ޖައްސަވާފައެވެ. އަދި ސިއްޙީ ދާއިރާގެ އިސް ބޭފުޅުންވެސް މިހާރު ވަނީ ވެކްސިން ޖައްސަވާފައެވެ. އެހެން ނަމަވެސް ވެކްސިނާ ގުޅުވައިގެން ސިޔާސީ ގޮތުން ފަތުރަމުންދާ އެކި ވާހަކަތަކާ ގުޅިގެން މިނިސްޓަރ ޔުމްނާ ވަނީ ދިވެހި ރައްޔިތުންނަށް ނަޞޭޙަތެއް ދެއްވާފައެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ނުރައްކާތެރި އެތައް ބަލިތަކެއް މާޒީގެ ތެރެއަށް ފޭދި އޭގެ ބިރުވެރިކަން ނެތިގެން ދިޔައީ ވެކްސިންގެ ސަބަބުން ކަމަށެވެ. އަދި ވެކްސިންއަކީ ވަރުގަދަ އައްޑަނައެއް ކަމަށާއި، އިރާދަކުރެއްވިއްޔާ ވެކްސިނާއިއެކު ކޮވިޑުގެ ނުރައްކާތެރިކަމުންވެސް އަރައިގަނެވޭނެ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.



ދިވެހިންގެ ތެރޭގައި މީގެ ކުރިން އޮތް އެތައް ބަލިތަކެއް ވެކްސިންގެ ސަބަބުން މިއަދު މުޅިން ފިލައި ގޮސްފައިވާއިރު ކޯވިޑް-19ގެ ވެކްސިން ޖަހައިގެން މިބަލިން އަރައިގަތުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މިހާރުވެސް ކުޑަކުދިންނަށް ޢުމުރުގެ އެކި ހިސާބުގައި ދެމުންއަންނަ ވެކްސިންތަކަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފޯރުކޮށްދޭ އައްޑަނައެއް ކަމަށް ސިއްޙީ ޚިދުމަތްތެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ރާއްޖޭގައި މިއަދު ކޯވިޑް-19 ވެކްސިން ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. ޑރ. ޝިރާނީ އާއެކު، ހުޅުމާލެ ފެސިލިޓީގެ ނަރުހެއް ކަމުގައިވާ ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރު ވެސް ވަނީ ވެކްސިން ޖަހާފައެވެ. ވެކްސިން ކެމްޕޭންގައި އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ކޮވިޑްގެ ހައިރިސްކް މީހުންނަށާއި ދުވަސްވީ މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު