"ޓްރެޑިޝަނަލް ސްވީޓް ކޮކަނަޓް ޑިލައިޓް"ގެ ނަމުގައި އައްޑޫ ބޮނޑި ޒަމާނީ ފެންވަރަށް ބަންދުކޮށް މާކެޓަށް ނެރުމުން ރައީސް ނަޝީދު އެކަން ފާހަގަކުރަށްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ޒަމާނީ ފެންވަރަށް އައްޑޫ ބޮނޑި، ތައްޔާރުކޮށް، ބަންދުކޮށްގެން، މާކެޓްކުރެވިގެން ދިޔުމަކީ އެ މަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ ސަޕޯޓް ލޯކަލް ހޭޝްޓެގް ޖައްސަވައި، ދިވެހި އުފެއްދުންތަށް ކުރި އެރުވުމުގައި އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
އައްޑޫ މީހުން މީހަކަށް ހަދިޔާއެއް ދޭނަމަ އާންމުކޮށް ދޭ އެކައްޗަކީ "އައްޑޫ ބޮނޑި" އެވެ. އައްޑު އަށް ޒިޔާރަތް ކުރާ މީހުން އެނބުރި ދާ އިރު، އައްޑޫއިން ގެންދާ އެންމެ މުހިންމު ހަނދާނަކީ އައްޑޫ ބޮނޑި އެވެ. އައްޑު އަށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔާ އިރު ވެސް އެ ބޮނޑި މުހިންމު އެއްޗަކަށްވެ އެވެ. މިއީ އައްޑޫ ރަމްޒުކޮށްދޭ އެމީހުންގެ އަމިއްލަ ދިވެހި އުފެއްދުމެކެވެ. އަދި މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ދިވެހި އުފެއްދުމެއްގެ ގޮތުގައި ތަޢާރަފު ކޮށްދޭ އެންމެ ޚާއްޞަ އުފެއްދުމެވެ.
ކުރިން އާންމުކޮށް ބޮނޑިއެއް 10ރ. އާއި 15ރ. އާ ދެމެދުގެ އަގަކަށް ލިބެ އެވެ. މިހާރު އައްޑޫ ބޮނޑީގެ އަގު އާންމުކޮށް އުޅެނީ 12ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ބޮނޑި ހަދާ މީހުުން ބުނާ ގޮތުގައި އަގަށް މި ބަދަލު އައުމުގައި ވެސް ސަބަބުތަކެއް އެބަ ހުއްޓެވެ.
ބޮނޑި ހެދުމުގައި 30 އަހަރު ހޭދަކޮށްފައިވާ އައިޝަތު ބަޝީރާ ބުނީ ތަކެތި ލިބުން ދަތިވެފައި، އެއްޗެހީގެ އަގު ވެސް މިހާރު ބޮޑު ކަމަށެވެ.

Zamaanee Dhivehi Bon’di haluva #SupportLocal pic.twitter.com/prN7kaEFL6
— Mohamed Nasheed (@MohamedNasheed) February 1, 2021
ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ ސަޕޯޓް ލޯކަލް ހޭޝްޓެގް ޖައްސަވައި، ދިވެހި އުފެއްދުންތަށް ކުރި އެރުވުމުގައި އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
އައްޑޫ މީހުން މީހަކަށް ހަދިޔާއެއް ދޭނަމަ އާންމުކޮށް ދޭ އެކައްޗަކީ "އައްޑޫ ބޮނޑި" އެވެ. އައްޑު އަށް ޒިޔާރަތް ކުރާ މީހުން އެނބުރި ދާ އިރު، އައްޑޫއިން ގެންދާ އެންމެ މުހިންމު ހަނދާނަކީ އައްޑޫ ބޮނޑި އެވެ. އައްޑު އަށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔާ އިރު ވެސް އެ ބޮނޑި މުހިންމު އެއްޗަކަށްވެ އެވެ. މިއީ އައްޑޫ ރަމްޒުކޮށްދޭ އެމީހުންގެ އަމިއްލަ ދިވެހި އުފެއްދުމެކެވެ. އަދި މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ދިވެހި އުފެއްދުމެއްގެ ގޮތުގައި ތަޢާރަފު ކޮށްދޭ އެންމެ ޚާއްޞަ އުފެއްދުމެވެ.
ކުރިން އާންމުކޮށް ބޮނޑިއެއް 10ރ. އާއި 15ރ. އާ ދެމެދުގެ އަގަކަށް ލިބެ އެވެ. މިހާރު އައްޑޫ ބޮނޑީގެ އަގު އާންމުކޮށް އުޅެނީ 12ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ބޮނޑި ހަދާ މީހުުން ބުނާ ގޮތުގައި އަގަށް މި ބަދަލު އައުމުގައި ވެސް ސަބަބުތަކެއް އެބަ ހުއްޓެވެ.
ބޮނޑި ހެދުމުގައި 30 އަހަރު ހޭދަކޮށްފައިވާ އައިޝަތު ބަޝީރާ ބުނީ ތަކެތި ލިބުން ދަތިވެފައި، އެއްޗެހީގެ އަގު ވެސް މިހާރު ބޮޑު ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު