ރާއްޖޭގައި އިއްޔެ ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެ ކަމަށް މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (އަޒީބެ) ވިދާޅުވުމުން ހައްދުންމަތީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އަޒީބެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ގާނޫނުން މަޖުބޫރު ކޮށްގެން ނޫނީ އޭނާ ވެކްސިން ނުޖައްސަވާނެ ކަމަށެވެ. އަޒީބެ ވިދާޅުވީ މީޑިއާގައި ކިތަންމެ ވަރަކަށް އެ ވެކްސިން ޕްރޮމޯޓު ކުރިޔަށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށް އިތުބާރު ނުކުރައްވާ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލް ހާމަ ކުރައްވާފައެއް ނުވެ އެވެ. އަދި އިންޑިއާގައި އުފައްދާފައިވާ ކޯވިޑް ވެކްސިން ނުޖައްސަވާން ނިންމެވި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
އަޒީބެއަށް ދެއްވި ރައްދުގައި ވިޝާމް ވަނީ އިންފޮމޭޝަން ކޮމިޝަނަރަކަށް ރައީސް ޔާމީން ވެރިކަމުގައި ހުންނެވީ ވެސް މަޖުބޫރުވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެދުވަހު ފަޅުތައް ވިއްކާ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރިއިރު ވެސް މައުލޫމާތު ލިބިގަތުމުގެ ގާނޫނޫގެ ދަށުން މައުލޫމާތު ހޯދަން އާދޭސް ކުރިއިރު ވެސް ގާނޫނު ފެނިވަޑައި ނުގަންނަވާތޯ ވެސް ވިޝާމް ސުވާލު އުފެއްދެވިއެވެ.
"ބަސް ނުބުނެ ގާނޫނު މަތީގައި ހުރީ ކީއްވެތޯ." މެމްބަރު ވިޝާމް ވިދާޅުވިއެވެ.
މިމައްސަލައިގާ ގިނަ ބަޔަކު އަންނަނީ އަޒީބެއަށް ފާޑުކިޔަމުންނެވެ.
އިންޑިއާގައި އުފައްދާފައި ވާތީ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެ ކަމަށް އަޒީބެ ވިދާޅުވި އިރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވަނީ ކޮވިޝީލްޑު ވެކްސިނަކީ ޑަބްލިއުއެޗްއޯއިން އަދި ހުއްދަ ދީފައިވާ ވެކްސިނެއް ނޫންކަމަށް ބުނެ އެ ވެކްޝިން ޖެހުމާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ. އަދި އިދިކޮޅުން ބުނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރީ ވެކްސިން ޑޯޒުތަކަކީ އަޖުމަބެލުމުގެ ގޮތުން ސީރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިން ޑޯޒުތަކުގުގެ ތެރެއިން ބައެއް ކަމަށެވެ.
ރާއްޖޭގައި އިއްޔެ ވަނީ ކޯވިޑް-19 އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ވަގުތީ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އެ ހުއްދަ ދިނީ އެ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ކުންފުންޏެއްގައި އުފައްދާފައިވާތީ އެވެ.
މިވެކްސިންގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއާއި ދަޢުލަތުގެ ވެރިން ވެސް އިއްޔެވަނީ ވެކްސިން ޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު