ކުރީގެ ރައީސް އަބްދުﷲ ޔާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމިން
ދިވެހިރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ބަޔާނެއްގައި ސޮއިކުރަން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނީ އަންގާރަ ދުވަހުގެ 13:00އަށް ފުލުހުންގެ އިދާރާއަށް ރައީސް ޔާމީން ހާޒިރުކުރާނެކަން އެމަނިކުފާނުގެ ގާނޫނީ ޓީމަށް ފުލުހުންގެ އިދާރާއިން އަންގާފައިވާ ކަމަށާއި އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ، އެއްވެސް ހާލެއްގައި އާ މައްސަލައެއްގެ ތުހުމަތުގައި ނޫންކަމަށެވެ. އަދި އެމަނިކުފާނު ފުލުހަށް ހާޒިރުކުރަނީ، ކުރިން އެމަނިކުފާނާ ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށްކަމަށްވާތީ އެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނަށް މި ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރުން އިންވެސްޓްކޮށް މަނީލޯންޑަރކޮށްފައިވާކަމަށް ކޯޓުގައި ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށް ރައީސް ޔާމިން ހައިކޯޓަށް ވެސް ހުށައެޅުއްވިއެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ދަށުކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން