އިންޑިޔާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެކަމަށް ކުރީގެ އިންފޮމޭޝަން މޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫ ބަކުރު، އަޒީބެ ވިދާޅުވުން އެއީ ވަރަށް ނާތަހުޒީބު ވިސްނުމެއްކަމަށް ކުރީގެ މަޖިލިސް މެންބަރު އަލްހާނު ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިއްޔެ ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެ ކަމަށް މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (އަޒީބެ) ވިދާޅުވެފައިވަނީ ފޭސްބުކްމެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އަދި މީޑިއާތަކުގައި ކިތަންމެ ވަރަކަށް އެ ވެކްސިން ޕްރޮމޯޓު ކުރިޔަސް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށް އިތުބާރު ނުކުރައްވާނޭ ކަމަށް އަޒީބެ ވަނީ ވިދާޅުވެފައެވެ.

އަޒީބެއަށް ރައްްދުދެއްވަމުން މާލޭ މޭޔަރު ކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވިދާޅުވެފައިވަނީ އަޒީބެގެ ވިސްނުމަކީ ނާތަހުޒީބު ޖާހިލު ވިސްނުމެއް ކަމަށެވެ.

އަޒީބެއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީންވެސް ވަނީ ކޮވިޝީލްޑު ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފަ އެވެ. 

ކޮވިޝީލްޑު ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށްވެސް ފާޑުވިދާޅުވެފައިވާ އަލްހާން ފަހުމީ ވިދާޅުވީ ވެކްސިން ޖަހަން ޖެހޭނެކަމަށެވެ. އަދި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދު ﷲ (އަދުރޭ) އަށް ސީދާ ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ އަދުރޭ ވެކްސިން ހަދަންދެން ވެކްސިން ނުޖަހައި މަޑު ނުކުރެވޭނެ ކަމަށެވެ.

އިއްޔެ ރާއްޖޭގެ ތިން ސިޓީއެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށައިފައިވެއެވެ. ރާއްޖޭގެ ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

"ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން ފޮމިއުލާ ބޭނުންކޮށްގެން އިންޑިޔާގެ ސިރަމް އިންސްޓިޓުޓުން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ.

އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަދެވިފައިވާ ވެކްސިނެކެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑު ވެކްސިނުގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން