މާލޭގެ މަގުތަކުގައި މާސްކް އަޅައިގެން ބަޔަކު ޙަރަކާތްތެރިވަނީ
މާލޭގެ މަގުތަކުގައި މާސްކް އަޅައިގެން ބަޔަކު ޙަރަކާތްތެރިވަނީ
7 ފެބްރުއަރީ އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވާ ކަމަށެވެ.

އެހެންކަމުން ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ )ހ( ގެ )3 )ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަށް، އިޢުލާން ގައި އަންގާފައި ވެއެވެ.

ނަމަވެސް އުމުރުން ދެއަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުގައާއި، އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން މާސްކް އެޅުމުގެ އުސޫލުތަކުން އިސްތިސްނާވެއެވެ.

މި އެންގުމަށް ޢަމަލުކުރަން ފެށުމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 52/2020 ( 2 އޮގަސްޓު 2020 ) އެންގުމާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 57/2020 ( 13 އޮކްޓޫބަރު 2020 ) ގެ އެންގުން ބާޠިލުވީ ކަމަށް ވެސް އެ އެންގުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން