އަހުމަދު ޝާހް   2 ފެބްރުއަރީ 2021 - 23:38
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުން ހުއްޓާލުމަށާއި ޕްރީސްކޫލްތައް ބަންދު ކުރުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވާ ކަމަށެވެ.

އެގޮތުން 14 ދުވަހުގެ މުއްދަތަށް ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވަނީ އަންގަވާފައެވެ. މި ފިޔަވަޅުތަކާއެކު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 1/2021 (27 ޖަނަވަރީ 2021) ގެ އެންގުމުގައިވާ އެހެނިހެން ފިޔަވަޅުތައް އެގޮތަށް ދެމިއޮންނާނެކަމަށް ވެސް އެ އެންގުމުގައިވެއެވެ.

މީގެއިތުރުން ޕްރީ ސްކޫލާއި ނާސަރީ ވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. މިތަންތަން ވެސް ބަންދު ކުރަން އަންގާފައި ވަނީ ފެބްރުއަރީ ތިނަކުން ފެށީގެން 14 ދުވަހަށެވެ.

މިފިޔަވަޅުތަކުން، ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސާއި، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި، މި އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާކޮށް ފައިވާ ވަގުތުގައި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން