ކޮވިޑުން ރައްކާތެރިވުމަށް ދިވެހިރާއްޖޭގައި ޖަހަމުންދާ ވެކްސިނާއި ދެކޮޅަށް ވާހަކަަ ދެއްކެވެމުން ޑރ. މުހައްމަދު އާތިފާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ގޮވާލައްވައިފިއެވެ.
ވެކްސިނާ ދެކޮޅަށް ވާހަކަ ދައްކަވަމުން ރާމާމަކުނުގެ އާއިލާއަށް ނިސްބަތްވާ ޗިންޕަންޒީ މަކުނަށް އަރިދަފުސް ރޯގާ ޖައްސާ އެޑިނޯ ވައިރަހުން އުފެއްދި ވެކްސިން ޖެހުންނޫންގޮތެއް ދިވެހިންނަށް ނެތީތޯ ވިދާޅުވެ ޑރ. މުހައްމަދު އާތިފް ވަނީ ސުވާލު އުފައްދަވައިފައިވެއެވެ.
ޑރ. މުހައްމަދު އާތިފަށް ރައްދުދެއްވައި ކުރީގެ ހެލްތު މިނިސްޓަރ، ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެފައިވަނީ މިއީ މުޅިން އޮޅުވާލުމެއްކަމަށާއި މިއީ ޑޮކްޓަރަކަށްވެހުރެ ކުރަން ހެއުވާވަރުގެ އަދި ޕްރޮފެޝަނަލް ކަމެއް ނޫންކަމަށެވެ. މީގެ އިތުރުން މިކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް، ދިވެހިރާއްޖޭގެ މެޑިކަލް ކައުންސިލަށް ޑރ. ޖަމްޝީދު ވަނީ ގޮވާލައްވާފައެވެ.
ޑރ. އާތިފް ދަނީ ކޮވިޑުން ރައްކާތެރިވުމަށް އެކި ގައުމުތަކުން އުފައްދާފައިވާ ވެކްސިނާއި ދެކޮޅަށް ހާމަކަން ބޮޑުގޮތެއްްގައި މީސްމީޑިޔާ މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. މިކަމާ ގުޅިގެން ޑރ. އާތިފަށް ރާއްޖެއާ ބޭރުގެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވެއެވެ.
މިމަހު އެއްވަނަ ދުވަހު ރާއްޖޭގެ ތިން ސިޓީއެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށައިފައިވާއިރު ވެކްސިނާއި ބެހޭގޮތުން ދޮގުމައުލޫމާތު ނުފެތުރުމަށް އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ވެކްސިން ކެމްޕޭނުގައި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ. އަދި މިވެކްސިން ޚާއްޞަ އިމަޖެންސީ ހާލަތުގައި ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދީފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު