އެޑިއުކޭޝަން މިނިސްތަރު އައިޝަތު ޢަލީ
އެޑިއުކޭޝަން މިނިސްތަރު އައިޝަތު ޢަލީ
ކޯވިޑް-19ގެ މި ހާލަތުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ސްކޫލްތައް ބަންދުކުރަން ނިންމާފައި ވާތީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްކޫލްތައް ބަންދު ކުރާ ނަމަ ދަރިވަރުންގެ ކިޔެވުން ހަލާކުވެދާނެ ކަމަށެވެ. އަދި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލުން ހަމަ އެކަނި ކިޔަވައިދެނީ ނޫން ކަމަށާއި ކުދިންގެ އަޚުލާގީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ސްކޫލްތަކުން އެހީތެރިވެދޭ ކަމަށެވެ. އަދި އާއިލީ މައްސަލަތަކުން ބޭރުގައި ވަގުތުކޮޅަކަށް ނަމަވެސް ބައެއް ދަރިވަރުންނަށް ހޭދަކޮށްލަން ލިބޭ މާހައުލެއްގެ ގޮތުގައި އެކަމަނާ ސްކޫލްތައް ސިފަކުރެއްވިއެވެ.



އިއްޔެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ 14 ދުވަހުގެ މުއްދަތަށް ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގަވާފައެވެ.

މީގެއިތުރުން ޕްރީ ސްކޫލާއި ނާސަރީ ވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. މިތަންތަން ވެސް ބަންދު ކުރަން އަންގާފައި ވަނީ ފެބްރުއަރީ ތިނަކުން ފެށިގެން 14 ދުވަހަށެވެ.

މިފިޔަވަޅުތަކުން، ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސާއި، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި، މި އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާކޮށް ފައިވާ ވަގުތުގައި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސޫޖީ

06-Feb-2021

އެހޭން


-2

އަބުދު

05-Feb-2021

ނުކިޔަވާހުރި މައިމޫނާއަކައް ތައުލީމުގެ މުހިއްމު ކަމެއް ނޭގޭނެ


5

އާމިނަތު

05-Feb-2021

މިނިސްޓަރ ބޭނުންވިއަސް ބެލެނިވެރިން ބޭނުންނުވޭ އެމީހުންގެ ދަރިން މިހާބޮޑަށް ކޮވިޑް ފެތުރެމުން ދާއިރު ފޮނުވާކަށް.


6

ބެލެނިވެރިއެެއް

05-Feb-2021

މީނައަށް ހެޔޮވާނެ ކުއްޖަކު ޕޮޒިޓިވް ވިޔަސް މީނައަށް ކޮންކަމެއް. ކުދިން ސިއްހަތު ސަލާމަތުން ހުރެގެން ކިޔެވޭނީ. ކުދިންގެ ސިއްހަތައް ނުބަލާ ކޮންކަމަކަށް ބަލަން ޖެހޭނީ. ކުދިން ސްކޫލްއަށް ދަނީ މަގުމަތިން ހިނގާފަ. މީހުން ތޮއްޖެހިފަ އޮންނަ ތަނެއްގަ ކިހިނެތް އިގެނީ ބަލި ޖެހިފަ ހުރި މީހަކާ ދިމާ ނުވާކަމެއް. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްގަބޫލެއް ނޫން ސްކޫލްތައް ހުޅުވައިގެން ކިޔަވާދޭކަށް މިކަހަލަ ދުވަސް ވަރެއްގަ. ޅަދަރިންދާ ސްކޫލްތައް ބަންދު ނުކޮށް ބޮޑެތި މީހުން ކިޔަވަންދާ ކޮލެޖް ޔުނިވަރސިޓީތައް ބަންދު ކުރުންމީ ކިހާ ބޮޑު ޖޯކެެއް.


21

ޙެޔޮއެދޭ

05-Feb-2021

ޞަލި ފެތުރެނީ ސްކޫލުތަކަކުން ނޫން. ޣުރޭޑް 8 އިން 12 އަށް ބަންދުކުރުމަކީ ތަޢުލީމީ ނިޒާމަށް ދެވޭ އަނިޔާއެއް. ބަންދުކުރަންވީ ހޮޓާ ރެސްޓޯރަންޓްތަކާ ޕާކުތައް. ޢެކަނަކު ސަރުކާރު އޮތީ ވިޔަފާރިވެތިންގެ ދަށުވެފައި


1

ާައަހުމަދު

05-Feb-2021

ދެން އަހަރެމެންގެ ދަރިން ޓެސްޓް ކިޓަކަށް ހަދައިގެން ތަޅުވަން މިނިސްޓަރ ބޭނުންވަނީތޯ....


14

ނ

05-Feb-2021

ސުކޫލުތައް ބަންދު ނުކުރިއަސް ސުކޫލަށް ކުދިން ދާން ބޭނުން ނުވާނަ ކީއްކުރެވޭނީ . މައިންބަފައިންވެސް ތިމާލޯބިވާދަރި މިއަދު ސުކޫލަަށް ފޮނުވާކަށް ބޭނުމެއް ނުވޭ . ގިނަޢާއިލާތަކެއް ބައްޔަށް ޕޮޒިޓިވް ވެފަވާ އިރު އެފަދަ އާއިލާތަކުގެ ދަރިވަރުން ނަށް ސުކޫލުން ހާޟިރު ނުވެވޭއިރު ސުކޫލަށް ހާޟިރު ވެވޭފަދަ ސިއްޙީމައްސަލައެއް ނެތް ކުދިންނަށްސުކޫލުގަ ނަގާދެވޭފިލާވަޅު ލިބި އިމްތިހާނު ދެވޭނަމަ ސުކޫލަށް ހާޟިރު ނުވެވޭދަރިންނަށް އެކުރެވެނީތަފާތު ޢާއިލާގަ ބަލި މީހަކު، އެއްވެސް މީހަކު ބަލިވެ އުޅޭނަމަ ސުކޫލަށް ހާޟިރު ނުވުމަށްއަންގާ އިރު އެއީ ސަބަބެްް ކަމަށް ބަލައިގަނެ . ހާޟިރު ވާ ދަރިވަރުން އިމްތިހާނު ކުރެވޭމިއަދު ގައުމުއޮތީ ސުކޫލަށް ކުދިން ފޮނުވާ ހާލަތެއްގަ އެއްނޫން . .



ޓްރެންޑިން