އަލްހާން ފަހުމީ | ފައިލް ފޮޓޯ: މަޖިލިސް
އަލްހާން ފަހުމީ | ފައިލް ފޮޓޯ: މަޖިލިސް
އަލުން ކާފިއު އިއުލާން ކުރުމަކީ ހައްލެއް ނޫން ކަމަށާއި އިޤްތިޞާދީ މަސައްކަތް ތަކަކީ ކާފިއު އިއުލާންކޮށް ދުއްވާ ތަކެތި ދުއްވުން މަނާކޮށްގެން ކުރެވޭނެ ކަމެއްނޫން ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައިހުރި އެމްޑީޕީގެ އެކްޓވިސްޓް ތޮއްޔިބު ޝަހީމް އެޗްޕީއޭއާ ދެކޮޅަށް ދެއްކެވި ވާހަކައަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ރައްދު ދެއްވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިބެގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބާރުގައި، ސަރުކާރުގެ ސިޔާސަތާ ބޮޑެތި ނިންމުންތަކާ ދެކޮޅަށް ވާހަކަ ދެއްކުަމަކީ ރައީސް ޞާލިޙްގެ މޫނުފުޅު މަތީގައި ތަފާލެއް ޖެހުން ފަދަ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.



ތޮއްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ވަރަށް ވަރުގަދަޔަށް ހަރަކާތްތެރިވަމުން އައި ފަރާތެކެވެ.

ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ތޮއްޔިބަކީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން އުޅުނު މީހެކެވެ. އޭނާ ރާއްޖެއައީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

ތޮއްޔިބަކީ ކޮވިޑްގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިނިސްޓްރީގެ އެޔެރެއާ ބޭރުގައި ހިންގެވި ކަމަށް ބުނާ ޖަރީމާތައް ހިންގެވި ދުވަސްވަރު އަލީ ވަހީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ބޭފުޅެކެވެ. އަދި އެދުވަސްވަރު ހިންގާފައިވާ ބައެއް ޖަރީމާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތު ވެސް ކުރެވިފައިވާ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން