މާލޭގެ ފިހާރައެއް.
މާލޭގެ ފިހާރައެއް.
މާލެ ސަރަހައްދުގެ ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަފަދަ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިފަދަ ނިންމުމެއް ނިންމަވާފައިވަނީ ކޯވިޑް-19 ގެ ބަލިމީހުން ފެންނަ ޢަދަދު އިތުރުވުމާއެކު އެޗްޕީއޭއިން ކަނޑައަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16،155 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،833 ގައެވެ.

މީގެއިތުރުން، ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް-19ގެ އާ ކޭސްތަކުގެ 30 ޕަސެންޓަކީ އިނގިރޭސިވިލާތުގައިވެސް ފެނިފައިވާ ވައިރަހުގެ އާ ވޭރިއަންޓް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން