ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
‏އިދިކޮޅު ޕީޕީއެމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ބައެއް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެް.

ދިވެހިރާއްޖޭގައި ޖަހަން ފަށާފައިވާ ކޯވިޑް-19 ވެކްސިނާ ގުޅުވައިގެން ހަގީގަތާ ޚިލާފް ވާހަކަތައް ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރުން ދައްކަވާތީ އެކަމަށް އިޝާރާތް ކުރައްވައި މޫކޭ ވިދާޅުވީ، ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ހެމުން ނަށަމުން ޖެހިގެން އިން ގޮޅިއަށް ފުންމާލައިގެން ކޯޓަށް ދިޔަ ބަޔަކަށް،

ބޮޑެތި ޓިނުގަނޑު ގަނޑާއި ފަޅޮލާއި އައި ވީ އަދި ކޯރާޑި ތެލުގެ ގޮތުގައި ވެސް ވެކްސިން ފެނިދާނެ ކަމަށެވެ.

މޫކޭ ވިދާޅުވީ އިދިކޮޅު ޕީޕީއެމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ބައެއް ކަމަށެވެ.

ދާދި މިދާކަށް ދުވަހާ ޖެހެންދެން އިދިކޮޅުން ދައްކަމުން ގެންދިޔަ ވާހަކައަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ނޫން ކަމަށެވެ. ރައްޔިތުން ޖަހަން ހެޔޮވާވަރުގެ ވެކްސިނެއް ވެސް ނޫން ކަމަށެވެ.

ނަމަވެސް ހޯމަ ދުވަހު ލައިވްކޮށް، ދައުލަތުގެ 3 ބާރުގެ އިސް ވެރިން މި ދެންނެވި ވެކްސިން ޖެއްސެވުމާއެކު، އެވާހަކަތަކުގެ އަޑުވެސް މިވަނީ މަޑުވެފައެވެ. އެއާއެކު، ވެކްސިނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމުގެ ސިލްސިލާގެ ތެރެއިން ދެން ފެށިފައި މިވަނީ މުޅިން އެހެން ވާހަކައެކެވެ.

ރައީސް ޞާލިޙު ވެކްސިން ޖެއްސެވުމާ ގުޅިގެން ޕީޕީއެމްގެ އެކްޓިވިސްޓަކު ޓްވިޓަރގައި ޙިއްޞާ ކުރި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ޕޯސްޓުގައި ދައްކުވައިދެނީ ފައިޒަރ ވެކްސިންގެ ޑޯޒްތަކަކާއި ކޮވިޝީލްޑް ވެކްސިންގެ ޑޯޒް ތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ޖެއްސެވި ވެކްސިން ކަމަށް ބުނެ ޙިއްޞާކޮށްފައިވާ ފޮޓޯއާއެކު ބުނެފައިވަނީ، އެއީ ޙަޤީޤަތުގައި ފައިޒަރ ވެކްސިން ފުޅިއެއް ކަމަށާއި، އޭގައި ކޮވިޝީލްޑްގެ ލޭބަލް ކޮށްގެން އޮޅުވައިލާފައިވާ ކަމަށެވެ. ހަޤީޤަތުގައި ރައީސް ޞާލިޙު ޖެއްސެވީ ފައިޒަރ ވެކްސިން ނޫން ކަމަށް އޭނާ ތުހުމަތު ކޮށްފައިވެއެވެ.

ނަމަވެސް އެ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން