އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި އެއް މަޤުޞަދަކީ ފުރާނަ ސަލާމަތްކުރުންކަމުގައި ވީ ހިނދު، ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުޢީ މަޤުޞަދުތަކުގެ ނަޒަރުން ބަލާއިރު ޟަރޫރީކަމެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުން ދިފާޢުވުމަށް ރާއްޖޭގައި ފަށާފައިވާ ވެކްސިން ޕްރޮގްރާމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާއިރު އިދިކޮޅު ޕީޕީއެމްގެ މެންބަރު އަދި ރައީސް ޔާމިނާއެކު 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންގމޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވި އިސްލާމް ދީނުގެ ޢީލްމްވެރިޔާ، ޑރ. ޝަހީމްގެ މިވާހަކަ ތަކަކީ ރާއްޖޭގައި ޖަހަން ބޭނުން ކުރަމުންދާ އިންޑިއާއިން ހަދިޔާކުރި ވެކްސިނާއިމެދު ޝަހީމް ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ފިކުރުން ދެކޭގޮތާއި ވަރަށް ތަފާތު ނުވަތަ ފުށުއަރާ ވާހަކައެއްކަން ފާހަގަ ކުރެވެއެވެ.
ޝަހީމް ވިދާޅުވީ "ﷲ ގެ ޙަޟްރަތަށް ވަކީލުކޮށް ޞިއްޙީ މާހިރުންނަށް އިތުބާރުކޮށް، ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެހާ ރައްޔިތުން ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމަޢަށް ހޯދައިދެވޭނެ ރައްކާތެރިކަމެއްކަމުގައި" ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ މި ނާޒުކު ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ޤައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ ޢަަޒުމަކާއެކު މަސައްކަތް ކުރަންޖެހޭ." ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
ކޮވިޑުން ދިފާޢުވުމަށް ރާއްޖޭގައި ދެމުން ގެންދާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގައި އުފައްދާފައިވާ، ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެވެކްސިން ޖެހުމާއި ދެކޮޅަށް އަޑުއުފުލައި ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ދައުލަތުގެ ވެރިން ވެކްސިން ޖެހުމުން އިދިކޮޅުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޖެއްސެވީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ނޫން ކަމަށެވެ.
ރައީސް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށާއި ފައިޒާ ބްރޭންޑްގެ 2000 ވެކްސިން ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށް ބުނެ އިދިކޮޅުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި ފައިޒާ ބްރޭންޑްގެ ވެކްސިން އަދި ރާއްޖެއަށް ގެނަސްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފެބްރުއަރީ އެކެއްގައި ރާއްޖޭގައި ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިއްޔެގެ ނިޔަލަށް ޖުމްލަ 880 މީހަކު ވެކްސިން ޖަހާފައި ވެއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެއިން އެކަނިވެސް 666 މީހަކު އިއްޔެގެ ނިޔަލަށް ވެކްސިން ޖަހާފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ކެމްޕޭންގެ ދަށުން މިއަދު އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.

އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި އެއް މަޤުޞަދަކީ ފުރާނަ ސަލާމަތްކުރުންކަމުގައި ވީ ހިނދު، ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުޢީ މަޤުޞަދުތަކުގެ ނަޒަރުން ބަލާއިރު ޟަރޫރީކަމެއް
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 3, 2021
"އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ މި ނާޒުކު ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ޤައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ ޢަަޒުމަކާއެކު މަސައްކަތް ކުރަންޖެހޭ." ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
ކޮވިޑުން ދިފާޢުވުމަށް ރާއްޖޭގައި ދެމުން ގެންދާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގައި އުފައްދާފައިވާ، ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެވެކްސިން ޖެހުމާއި ދެކޮޅަށް އަޑުއުފުލައި ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ދައުލަތުގެ ވެރިން ވެކްސިން ޖެހުމުން އިދިކޮޅުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޖެއްސެވީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ނޫން ކަމަށެވެ.
ރައީސް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށާއި ފައިޒާ ބްރޭންޑްގެ 2000 ވެކްސިން ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށް ބުނެ އިދިކޮޅުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި ފައިޒާ ބްރޭންޑްގެ ވެކްސިން އަދި ރާއްޖެއަށް ގެނަސްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފެބްރުއަރީ އެކެއްގައި ރާއްޖޭގައި ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިއްޔެގެ ނިޔަލަށް ޖުމްލަ 880 މީހަކު ވެކްސިން ޖަހާފައި ވެއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެއިން އެކަނިވެސް 666 މީހަކު އިއްޔެގެ ނިޔަލަށް ވެކްސިން ޖަހާފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ކެމްޕޭންގެ ދަށުން މިއަދު އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު