އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާ ދިމާކޮށް ސިޔާސީ މަންފާ ހޯދަން ވެކްސިނާ ގުޅޭ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ވެކްސިނާ ދެކޮޅަށް ސިޔާސީ މަންފާއެއް ހޯދަން އެފަދަ ވާހަކަތަކެއް ދައްކާ ނަމަ ރައްޔިތުން އެކަން ވޯޓުން ދައްކާނެ ކަމަށެވެ.

ސައިފް ވިދާޅުވީ، އިންތިޚާބުގެ ކެމްޕޭންގެ މަސައްކަތް ކުރަން ޖެހިފައި މިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ކަމަށެވެ. އެހެންކަމުން ކެމްޕޭން ކުރިއަށް ދާނީ އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާ އެއް ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެމްޑީޕީއަށް، ރަށްވެހި ފަތިސް ކެމްޕޭނަށް، ދިވެހި ރައްޔިތުންގެ ސަލާމަތަށް ވުރެ ވަކި މުހިއްމު އެހެން ކަމެއް ނޯންނާނެ، އަޅުގަނޑުމެންގެ ކެމްޕޭންގެ ހަރަކާތްތައް ގެންދާނީ އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާ އެއް ގޮތަށް،" ސައިފް ވިދާޅުވިއެވެ.

އެކަމަކު އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ފެންނަމުން ދަނީ އެއްވެސް ހަމައެއް ނެތި ސިއްހީ ރައްކާތެރިކަމަށް ވެސް ބެލުމެއް ނެތި ހަރަކާތްތެރިވާތަން ކަމަށް ސައިފް ވިދާޅުވިއެވެ.

"ކޯވިޑް އަކީ އެއް ގޮތަކަށް ވެސް ސަމާސާއެއް ނޫން، އޭގެ ސަބަބުން މުޅި ދުނިޔެ މި އޮތީ ހުއްޓިފަ، އެތައް ރައްޔިތެއްގެ ފުރާނަ ގެއްލިގެން ގޮސްފި، ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ، ވެކްސިންއާ ދެކޮޅަށް ސިޔާސީ މަންފާއެއް ހޯދަން އެފަދަ ވާހަކަތަކެއް ދައްކާ ނަމަ ރައްޔިތުން އެކަން ވޯޓް ފޮށިން އަންގާނެ، ދިވެހި ރައްޔިތުންނަކީ ތަންދޮރު ދަންނަ ރައްޔިތުންތަކެއް،" ސައިފް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ކޮވިޑް-19ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ދައުލަތުގެ ތިން ބާރުގެ ވެރިން ވަނީ އެ ވެކްސިން ޖަހައިފައެވެ. ޓީވީތަކުން ވަގުތުން ދުރަށް ދެއްކި އެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ އިތުރުން ބައެއް ވަޒީރުންނާއި ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ވެސް އެ ވެކްސިން ޖެހިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން