ބުރިޖުން ދުއްވާފައި ދާ ޓެކްސީ އެއް
ބުރިޖުން ދުއްވާފައި ދާ ޓެކްސީ އެއް
ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރެވޭނެ އާ އަގުތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނު ކުރުމާއެކު މާލޭން ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ކުރާ ދަތުރުތަކުގެ އަގު 90 ރުފިޔާއަށް އުފުލިއްޖެއެވެ.

ކުރިން މާލެއިން ހުޅުމާލޭގެ ކޮންމެ ހިސާބަކަށް ވެސް ދަތުރެއް ކޮށްދެނީ 75 ރުފިޔާގެ ރޭޓުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރު ތަކަށް އަގު ނަގާނީ އަލަށް ތައާރަފު ކުރި ރޭޓުން ކަމަށެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމުގައި ވެސް އެ އޮތޯރިޓީން ބުނެ އެވެ.

އަލަށް ހަމަޖެއްސި ޓެކްސީ ފީތަކުގެ ރޭޓު:

* މާލެ- ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ

* މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

* ހުޅުލެ- މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

* ހުޅުލެ- ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

* ހުޅުމާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

* މާލެ- ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/75 ރުފިޔާ

* ހުޅުމާލެ ފިޔަވަހި 1 - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

* މާލެ- ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ

* ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ

* ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ

* ހުޅުލެ- ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ

* ހުޅުމާލެ ފިޔަވަހި 1- ހުޅުމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

* ހުޅުމާލެ ފިޔަވަހި 2- ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

މި ބަދަލާއެކު ހުޅުމާލޭގެ ދެފިޔަވަހި ދޭތެރޭގައި ކުރެވޭ ދަތުރުތަކުގެ އަގު ވެސް 25 ރުފިޔާއިން 40 ރުފިޔާއަށް އުފުލޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ރަހުމަ

06-Mar-2021

ޕެޓްރޯލް. އަގުބޮޑުވީތަ.


-1

ޢައްޔު

05-Feb-2021

ޚޮބައިތަ ޓެކްސީ މީޓަރ



ޓްރެންޑިން