ވެކްސިން އުފުލުމަށް ސިފައިން ޙަރަމާތްތެރިވަނީ
ވެކްސިން އުފުލުމަށް ސިފައިން ޙަރަމާތްތެރިވަނީ
ކޯވިޑް-19 ވެކްސިން ރާއްޖޭގެ ސަރަޙައްދުތަކަށް އުފުލައި ދިނުމުގައި ދިވެހި ސިފައިން ޙަރަކާތްތެރިވަމުން އެބަދެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ޓަކައި ރާއްޖޭގެ ކަންކޮޅުތަކަށް ވެކްސިން އުފުލައި ދިނުމަށް ދިވެހި ސިފައިން ޙަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުންވެސް ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ދިފާޢުވުމަށް ކޮވިޝީލްޑް ވެކްސިން ޖަހަމުން ގެންދާއިރު ގިނަ ޢަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ވެކްސިން ޖެހުމުގެ ޙަރަކާތް ފެށުމުގެ ގޮތުން ދަޢުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، ރާއްޖޭގެ އުތުރާ ދެކުނުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައިވެސް ހޯމަދުވަހު ވަނީ ވެކްސިން ޕްރޮގްރާމް ފަށާފައެވެ. އަދި މިއަދު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖެހުން ފަށާފައިވާއިރު އެ ހޮސްޕިޓަލްތަކަށް ވެކްސިން އުފުލައިދިނުމުގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ ދިވެހި ސިފައިންނެވެ. އަދި މާދަމާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 10،000 މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.



ކޯވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުފުލުމަށް ދިވެހި ސިފައިން ޙަރަކާތްތެރިވަމުން އަންނައިރު، ދިވެހި ސިފައިން ގެންދަނީ އެއްގަމާއި ކަނޑުގައި ދިވެހިންނަށް ކުރިމަތިވާ ހުރިހާ ޙާދިސާއަކުން ރައްޔިތުން ސަލާމަތް ކުރުމަށް ފޯރުކޮށްދޭންޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް ކޮވިޑް އައި ހިސާބުން ފެށިގެން ސިއްހީ އެހީތެރިންނާއެކު އެންމެ ކުރީ ސަފުގައި ހަރަކާތްޔެރިވާ އެއްބަޔަކީ ސިފައިންނެވެ. މާލެ ފުރަބަންދުގެ ހާލަތުގައި އޮތްއިރު ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމާއި ޕޮޒިޓިވް ވާމީހުންނާއި ކަރަންޓީން ކުރަންޖެހޭ މީހުން މަރުކަޒު ތަކަށް އުފުލުމުގައިވެސް ހަރަކާތްތެރިވެފައިވަނީ ސިފައިންނެވެ. މީގެއިތުރުން މާލެ ފުރަބަންދުގައި ކުއްލި ހާލަތުގައި ފަރުވާ ދޭންޖެހޭ ބޮޑެތި މީހުންނާ ތުއްތު ކުދިން މާލެ ގެނަސް ރަށަށް ގެންގޮސް ދިނުމާއި ގަދަ ވަޔާ ވިއްސާރައިގާ ރަށްރަށަށް ޓެސްޓްކިޓް އުފުލުން ފަދަ ގައުމީ ޚިދުމަތުގެ އެންމެ ކުރީ ސަފުން ފެނިފައި ވަނީ ސިފައިންގެ ގައުމީ ޚިދުމަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން