އަވަށްޓެރި ސްރީލަންކާގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.
މިއަދު އެ ގައުމުގައި ފާހަގަކުރާ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިތުރަށް ލަންކާގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެ ޓްވީޓްގައި ރައީސް ވަނީ ލަންކާގެ ރައްޔިތުންނަކީ ދިވެހިންގެ ގާތްތިމާގެ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން އެ ގައުމަށް އިތުރު ތަރައްޤީ ލިބުމަށާއި ދެގައުމުގެ މެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ މި ޓުވީޓު ރިޓްވީޓް ކުރައްވައި އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ އިތުރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވަނީ ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ޝާހިދު ކުރެއްވި ޓުވީޓުގައި އެ ގައުމުގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރްދަނާ އަދި ގައުމުގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި ވެއެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ 1948 ވަނަ އަހަރު އެ ގައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު