މަޖިލިސް ކައިރީގައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަނީ
މަޖިލިސް ކައިރީގައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަނީ
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު އިދިކޮޅު ޕާޓީތަކުން މަޖިލިސް އިދާރާ ސަރަހައްދުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

ސުލްހަވެރި އިހްތިޖާޖްެއްގެ ނަމުގައި. އިދިކޮޅު ކޯލިޝަނުން އެ ސަރަހައްދުގައި އަޑުގަދަކޮށް މިއަދު މުޒާހަރާ ކުރަމުން ގެންދަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައެވެ.

މަޖިލިސް ސަރަހައްދުގައި ކުރިއަށްދާ މި އިހުތިޖާޖުގައި 200 އެއްހާ މީހުން ބައިވެރިވެއެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް މުޒާހަރާ ހުށްޓުވުމަށް ފުލުހުން މަސްއްކަތެއް ނުކުރެއެވެ. އެ މުޒާހަރާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، ދެޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ޔާމިން މިނިވަން ކުރުމުމަށް ގޮވަލުމުގެ އިތުރުން، މުޒާހަރާގައި ބައިވެރިން އަންނަނީ ދައުލަތުގެ ތިންބާރު އެކެއްގެ މުށު ތެރޭގައި ތާށިވެފައިވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. މަޖިލީސް އިދާރާ ހުންނަ މަގު ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތުމުން އިހުތިޖާޖުގެ ބައިވެރިން ތިބީ މަޖީދިއްޔާ ސްކޫލާއި ސޯސަންމަގާއި ގުޅޭ ކަންމަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން