ކޯވިޑް-19 ގެ ސަބަބުން އަތްމަތި ދަތިވެ، ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަ މަހުގެ ތެރޭގައި އެހީތެރިވާން މަޓާޓޯ އާއި، އެންބީއޭއެމް އަދި ކޮކާކޯލާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ކޮކާކޯލާ މޯލްޑިވްސް ގުޅިގެން އެހީވާން ނިންމާފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ޙާލުގައި ޖެހިފައިވާ 500 ފަރާތަށެވެ.
މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ މާލެ އާއި ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާފައިވާ ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެތި މި ރޯދަ މަހު ފޯރުކޮށްދޭނެ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބިއްޖެ ނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށެވެ.
އެކި ސަބަބުތަކާ ހުރެ ވަގުތީ ހިޔާތަކުގައި މި ވަގުތު ބިދޭސީން ވެސް ތިބުމާ އެކު، މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނުން ނިންމާފައި ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށް ވެސް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. މި ކަމުގައި މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނަށް އެހީތެރިވަނީ ކޮކާކޯލާ މޯލްޑިވްސް އެވެ.
"ސަލްސާ ކޭޓަރިންގެ އެހީތެރިކަމާ އެކު އަޅުގަނޑުމެން ވަނީ މާލެ އިން މި ކަމަށް ޚާއްސަ ބަދިގެއެއް ކަނޑައަޅާފައި. އަދި ހުޅުމާލެ އިން ބަދިގެއެއް ހޯދުމުގެ ކަންކަން ކުރިއަށް އެބަދޭ،" މަޓާޓޯގެ ބަޔާނުގައި ވެ އެވެ.
މަޓާޓޯ އިން ބުނިގޮތުގައި ކޯވިޑް-19 ގެ މި ބަލިމަޑުކަމުގައި ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭނީ އެ އިދާރާތަކުގެ އެހީތެރިކަމާ އެކު ކަމަށް މަޓާޓޯ އިން ބުންޏެވެ.
"އެހީތެރިވާން ބޭނުންވާ އެހެން ފަރާތްތަކުން ވެސް މިކަމުގައި ބައިވެރިވާނެ ކަމަށް ދެކެން،" މަޓާޓޯ އިން ބުންޏެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު، ހާލުގައި ޖެހި މަގުމަތިވި 80 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދާ ކަމަށް މިދިޔަ އަންގާރަ ދުވަހު ޖެންޑާ މިނިސްޓްރީން ބުނެފައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު